ENGLISH

22 އޭޕްރީލު 2025

Advertisement

މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހައިފި

04 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި ކަދހުރު ބެހުމުގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ރަމަޟާން މަހަށް ދިވެހި ރައްޔިތުންނަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރުގެ ތެރެއިން މާލޭ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދަށް ކަދުރު ބަހާ ހުސްވެއްޖެއެވެ.

މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ފަރާތުން އިސްލާމިކް މިނިސްޓްރީން ފެށީ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުއެވެ. ކަދުރު ބެހުމުގެ މަސައްކަތް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކުވެސް ކުރިއަށް ގެންދެވުނު އިރު، ގިނަ އަދަދެއްގެ ރައްޔިތުން ކަދުރު ބަލާ އައިސްފައިވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ. 

އިސްލާމީ ކަންތަށްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ހުސްވެފައިވީނަމަވެސް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރާ ކަދުރު ދޫކުރުން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، މިހާތަނަށް ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކުން ކަދުރު ގެންގޮސްފައިވާކަމަށްވެސް އުވުޒާރާއިން ވިދާޅުވެއެވެ. 

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރަމަޟާން މަސް ފެށުމުގެ ކުރިން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގޮސްފައިމިވަނީ ގިނަ އަހަރުތަކެއް ފަހުންކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު