ENGLISH

22 އޭޕްރީލު 2025

Advertisement

ބުރާސްފަތި ބަންދުވިޔަސް، އައިޖީއެމްއެޗްގެ ޚިދުމަތްތައް ލިބޭނެ

03 ފެބްރުއަރީ 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވާ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު ނަމަވެސް، އައިޖީއެމްއެޗްގެ ޚިދުމަތްތައް މެދުނުކެނޑި ލިބޭނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ ރިޔާސީ ބަޔާން އިއްވަވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފައެވެ. އައިޖީއެމްއެޗް އިން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ބުރާސްފަތި ދުވަހު އައިޖީއެމްއެޗް ހޮސްޕިޓަލާއި، ދަރުމަވަންތަ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވާ ރިޔާސީ ބަޔާނުގައި، ޤައުމުގެ މިހާރުގެ ޙާލަތު ބަޔާންކޮށްދެއްވައި، ސަރުކާރުން މިއަހަރަށް ކަނޑައަޅުއްވާފައިވާ ކަންކަމާއި، އެކި ދާއިރާތަކާއި ގުޅުންހުރި މުހިއްމު މަޝްރޫޢުތައް ހުށަހަޅުއްވައިދެއްވާނެއެވެ.

ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ އާއްމުކޮށް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވާ ދުވަހެކެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާން އިއްވެވި ދުވަސް ރަސްމީ ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. އޭގެކުރިން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ރިޔާސީ ބަޔާން އިއްވެވި ދުވަސްތައްވެސް ރަސްމީ މަސައްކަތު ދުވަހަކަށް ހެއްދެވިއެވެ.  

ކިޔުންތެރިންގެ ހިޔާލު