ENGLISH

22 އޭޕްރީލު 2025

Advertisement

ފަޅު ރަށަކަށް ގެންގޮސް ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުޤީޤުކުރަނީ

03 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

ޢުމުރުން 18 އަހަރުނުވާ ކުޑަކުދިންތަކެއް ފަޅުރަށަކަށް ގެންގޮސް އެކުދިންނަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މައްސަލައެއް، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތުން ބައްލަވަމުންގެންދަވާކން ހާމަކުރައްވައިފިއެވެ. 

މި މައްސަލައާ ގުޅިގެން ބައެއް މީޑިޔާތަކުން ރިޕޯޓުކުރި ގޮތުގައި ޖިންސީ ގޯނާކޮށްފައިވަނީ ޢުމުރުން 18 އަހަރު ހަމަނުވާ 4 ކުއްޖަކަށެވެ. އެ ކުދިންނަށް ޖިންސީ ގޯނާކުރީ ފަޅުރަށަކަށް ގެންދިއުމަށްފަހު ކަމަށްވެސް އެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. 

މިކަމާ ގުޅިގެން މީޑިޔާއިން ފުލުހުންގެ ޚިދުމަތާ ސުވާލުކުރުމުން އެ ޚިދުމަތުން އެއްވެސް ޖަވާބެއް ނުދެއްވި ނަމަވެސް  އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިންވަނީ އެފަދަ މައްސަލައެއް ބައްލަވަމުންދާކަން އެމްއެމްޓީވީއަށް ކަށަވަރުކޮށްދެއްވާފައެވެ. 

އެ ވުޒާރާގެ ނައިބުވަޒީރު ލަޙުފާ ޚަލީލު "އެމްއެމްޓީވީ"އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ މައްސަލައެއް އެ ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން ފުލުހުންގެ ޚިދުމަތާއެކު އެ މައްސަލަ ތަޙުޤީޤުކުރައްވަމުންގެންދަވާ ކަމަށެވެ. 

އޭގެ އިތުރަށް ލަޙުފާ ވިދާޅުވީ އެ މައްސަލާގައި ހިމެނޭ ކުޑަކުދިންނަށް ރައްކާތެރިކަން ޔަޤީންކޮށްދިނުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަޅުއްވަމުންދާ ކަމަށެވެ. އަދި އެ ކުދިންނަށް ފޯރުކޮށްދެއްވަންޖެހޭ ސައިކޯ-ސޯޝަލް ސަަަޕޯޓުވެސް މިނިސްޓްރީން ފޯރުކޮށްދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. 

ކުޑަކުދިންނާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި އެކުދިންގެ ޝަޚުޞިއްޔަތު ރައްކާތެރިކުރުމުގެ ގޮތުން އެކުދިން ނިސްބަތްވާ އަތޮޅާއި ރަށް ފަދަ މަޢުލޫމާތުތައް ރަސްމީ އިދާރާތަކުން ހާމަނުކުރައްވައެވެ. 

ކިޔުންތެރިންގެ ހިޔާލު