ENGLISH
22 އޭޕްރީލު 2025
އެކި މައްސަލަތަކުގައި ތިން މީހަކު ހޯދަން ފުލުހުން ޢިއުލާނުކުރައްވައިފި
03 ފެބްރުއަރީ 2025
|
އެކި މައްސަލަތަކުގައި ތިން މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކުރައްވައިފިއެވެ.
އެގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް އިޢުލާނުކުރައްވާފައިވެއެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ހާޒިރުވުމަށް އަންގާފައިވަނީ އިބްރާހީމް މަޤްޞޫދު، ނިޔަދުރުމާގެ / ސ. މަރަދޫ (47އ) އެވެ. މީނާ ހާޒިރުވުމަށް އަންގާފައިވަނީ ސާރޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 13 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.
މީގެ އިތުރުން ވައްކަމުގެ މައްސަލައަކާއި ގުޅިގެން ޙުސައިން ޢަބްދުލްމަޖީދު، ދަފްތަރު ނަންބަރު ރސ 3678/ މާލެ، (26އ) ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް އިޢުލާންކޮށްފައިވެއެވެ. މިއީ ހުޅުމާލެ ފޭސް 1 ޕޮލިހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން މައްސަލައިގެ ތުހުމަތުގައި ސުވާލުކުރުމަށް ފުލުހަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހެކެވެ. ފުލުހުން ވަނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަން، 2025 ފެބްރުވަރީ 12 ވަނަ ދުވަހުގެ 10:00ގެ ކުރިން ހާޒިރުވުމަށް އަންގާފައެވެ.
އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑްރަގް ޓްރެފިކިންގ އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ވެސް ފުލުހުން މިއަދު އިއުލާންކޮށްފައިވެއެވެ. މި މައްސަލާގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް، 2025 ފެބްރުވަރީ 09 ވަނަ ދުވަހުގެ 10:00ގެ ކުރިން ހާޒިރުވުމަށް އަންގާފައިވަނީ ޙަސަން ނަޢީމް، މއ. ކޯރަސް / މާލެ (54އ) އަށެވެ.