ENGLISH
22 އޭޕްރީލު 2025
އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް ރިޕޯޓުކުރުމަށް ހިތްވަރުނުދެން: ފުލުހުން
03 ފެބްރުއަރީ 2025
|
އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލަތައް ރިޕޯޓުކުރުމަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހިތްވަރުދެއްވާ ކަމެއް ނޫންކަމަށް އެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
އަމިއްލައަށް މަރުވާން އުޅުމުގެ މައްސަލައަކާ ގުޅިގެން މީޑިއާތަކުން ކުރި ސުވާލުކަަށް ޖަވާބުދެއްވަމުން ފުލުހުން ވިދާޅުވީ، ދިރާސާތަކުން ދައްކާގޮތުގައި މިފަދަ މައްސަލަތައް ރިޕޯޓްކުރުމުން އެފަދަ މައްސަލަތައް އިތުރުވާ ކަމަށެވެ.
އެހެންކަމުން އިތުރު ކަމަކަށް ތުހުމަތު ކުރެވޭ ޙާލަތެއް ފާހަގަނުކުރެވޭ، އަމިއްލައަށް މަރުވުމުގެ ނުވަތަ މަރުވާން އުޅުމުގެ މައްސަލަތަކުގެ މަޢުލޫމާތު މި ޙިދުމަތުން ހާމަނުކުރާނެކަމަށް މެސެޖުގައި ބުނެފައިވެއެވެ.
މިފަހަކަށް އައިސް އަމިއްލައަށް މަރުވުމުގެ މައްސަލަތައް ފެންމަތިވަމުންދާ އިރު، ދާދި ފަހުން ވަނީ އިމާރާތެއްގެ ކުޑަދޮރުން ބޭރަށް ފޭބުމަށް ކުޑަކުއްޖަކު މަސައްކަތް ކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މި ވީޑިއޯއާ ގުޅިގެން ދިވެހި ފުލުހުން ވަނީ ވީޑިއޯ ދައުރު ނުކުރުމަށާއި މިކަމުގެ ސަބަބުން ކުޑަކުދިންނާއި ވަލްނަރެބަލް މީހުން "ޓްރިގަރ" ވެ ނަފްސާނީގޮތުން އަސަރުކޮށްފާނެ ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ބައެއް ޤައުމުތަކުގައި ސުއިސައިޑް ނުވަތަ އަމިއްލައަށް މަރުވުމުގެ މައްސަލަތައް މީޑިޔާގައި ރިޕޯޓުކުރުން އޮންނަނީ ޤާނޫނުން މަނާކޮށްފަައެވެ. އަނެއްބައި ޤައުމުތަކުގައި މީޑިޔާ ރެގިއުލޭޓުކުރާ އިދާރާތަކުން އެކުލަވައިލައްވާ މީޑިޔާ އެތިކްސް ކޯޑުތަކުގައި އެފަދަ ޚަބަރުތައް ފެތުރުން މަނާކޮށްފައި ހުރެއެވެ.
މިފަދަ ޚަބަރުތައް ރިޕޯޓުކުރުން މަނާޚުރާ މައިގަނޑު އެއް ސަބަބަކީ އެފަދަ ޚަބަރުތައް ރިޕޯޓުކުރުމުން އެ ޚަބަރު އާންމުވުމާއެކު، އަމިއްލައަށް މީހުން މަރުވާ ނިސްބަތް ކުއްލިއަކަށް އިތުރުވާކަން ދުނިޔޭގެ އެކި ޤަައުމުތަކުގައި އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ސާބިތުވާތީއެވެ.