ENGLISH
22 އޭޕްރީލު 2025
އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއާއި ބެހޭ މިނިސްޓްރީގެ ޓީމެއް ތިލަމާލެ ބްރިޖް ސައިޓަށް ޒިޔާރަތްކުރައްވައިފި
03 ފެބްރުއަރީ 2025
|
އިންޑިއާގެ އެކްސްޓާނަލް އެފެއާޒްއާއި މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ މިސް ސުޖާ ކޭ މެނޮން މިއަދު އެމްޓީއެލް ބްރިޖް ސައިޓަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފިއެވެ.
މި ޒިޔާރަތުގައި މިސް މެނޮންއާއެކު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު، ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ އިބްރާހީމް ޒުހުރީ އަދި ޑެޕިއުޓީ މިނިސްޓަރ ޙަސަން ވިޞާލް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ދަތުރުގައި ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާ މިންވަރު ބެއްލެވުމުގެ އިތުރުން، މަޝްރޫޢުގެ މަސައްކަތް އަވަސްކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ނިންމުމަށް ކުރެވިދާނެ ކަންކަމާއި ބެހޭގޮތުންވެސް ވާހަކަދެކެވުނެވެ.
މި ޒިޔާރަތުގައި އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން، އެގްޒިމް ބޭންކް އޮފް އިންޑިއާގެ އިސްވެރިންނާއި، މަޝްރޫޢުގެ ކޮންޓްރެކްޓަރ އެފްކޮންސް އަދި ކޮންސަލްޓަންޓް އަރަޕްގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ތިލަމާލެ ބްރިޖަކީ މާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅުވާލުމަށް އެޅޭ ބްރިޖެކެވެ. މި ބްރިޖް އެޅުމުގެ މަސައްކަތް ކުރިއަށްދަނީ އިންޑިއާ ސަރުކާރުގެ އެހީގައެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، ނިމިފައިވަނީ ބްރިިޖުގެ 46.58 އިންސައްތަ މަސައްކަތެވެ. މާލެއިން ގުޅީފަޅަށް މަސައްކަތް ނިންމުމަށް ޓައިމްލައިންގައި ތާވަލުކޮށްފައިވަނީ 2026 މާރޗް 31 އަށެވެ. އަދި ގުޅިފަޅުން ތިލަފުއްޓަށް ބްރިޖްގެ ގުޅާލުމުގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 2026 ސެޕްޓެމްބަރު 30 އަށެވެ. އެހެންކަމުން މި މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިން ކުރެވިފައިވަނީ 2026 ސެޕްޓެމްބަރު 30 އަށެވެ.
ހަތް ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާގެ ތިލަމާލެ ބްރިޖު މަޝްރޫޢަކީ ޖުމްލަ 6.7 ކިލޯމީޓަރުގެ ބުރިޖަކުން 4 ސަރަޙައްދެއް ގުޅުވާލަދޭނެ ބިޔަ މަޝްރޫޢެކެވެ.