ENGLISH

22 އޭޕްރީލު 2025

Advertisement

ޖެނުއަރީ މަހެއްގައި އެންމެ ގިނައިން މަސްކިރާފައި ވަނީ 2025ގެ ޖަނަވަރީ މަހު

03 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ފާއިތުވެދިޔަ 28 އަހަރު ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ޖެނުއަރީ މަހެއްގައި އެންމެ ގިނަ އަދަދަކަށް މަސް ކިރުވީ މިދިޔަ ޖެނުއަރީ މަހުގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރައިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން އާންމުކުރެއްވި ތަފާސްހިސާބުގައި ވާގޮތުން މިދިޔަ މަހު 8،324 މެޓްރިކް ޓަނުގެ މަސް ވަނީ މިފްކޯއަށް ކިރާފައެވެ. އެއީ، ރިކޯޑު އަދަދެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. 

ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ، މަސްކިރާ މިންވަރު އިތުރުވާން ފަށައިފި ކަމަށް ޖެނުވަރީ މަހުގެ 12 ވަނަ ދުވަހު މިފްކޯއިން ވިދާޅުވެފައިވެއެވެ. 

މިފްކޯގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ޖެނުއަރީ މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 280 މެޓްރިކު ޓަނުގެ މަސް މިފްކޯއަށް ކިރުވިއެވެ. 

މި ސަރުކާރުން ގެންދަވަނީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.  އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދުކުރެވޭނެ އިންތިޒާމު މިފްކޯއާއި ފިނޭންސް މިނިސްޓްރީ އަދި ބީއެމްއެލް އެކުވެގެންވަނީ ހަމަޖައްސަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު