ENGLISH
22 އޭޕްރީލު 2025
ހިންދޫ ދީނުގެ ޢީދެއް ފާހަގަކުރަން އުޅެނިކޮށް ސަރުކާރުން ހުއްޓުވައިފި
03 ފެބްރުއަރީ 2025
|
ރާއްޖޭގައި ހިންދޫ ދީނުގެ އީދެއް ކަމަށްވާ "ޕޮންގަލް" ފާހަގަކުރަން އުޅެނިކޮށް، ފުލުހުން އެކަން ހުއްޓުވައިފިއެވެ.
ފުލުހުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެ ފެސްޓިވަލް އިންތިޒާމު ކުރުމުގައި އުޅުނު ފަރާތްތަކަށް ކަމާބެހޭ އިދާރާތަކުން އަންގާފައިވާ ކަމަށެވެ. އަދި މި އިވެންޓް އިންތިޒާމު ކުރި ފަރާތުން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މި ފެސްޓިވަލް މިހާރު ވަނީ ކެންސަލް ކޮށްފައެވެ.
ޕޮންގަލްއަކީ ދަނޑުވެރިކަމުގައި ވަށައިގެންވާ ގުދުރަތީ ތަކެއްޗަށް ޝުކުރު އަދާކުރުމުގެ ގޮތުން ހިންދޫން ފާހަގަކުރާ އީދެކެވެ.
މި ފެސްޓިވަލް ރާއްޖޭގައި ފާހަގަކުރުމަށް ރާވާފައި އޮތީ އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ސިންތެޓިކް ޓްރެކުގައެވެ.
ފުލުހުން ވިދާޅުވީ، މިފަދަ ހަރަކާތްތައް ކުރިއަށްގެންދާ ނަމަ ފުލުހުން އެކަންކަން ހުއްޓުވާނެ ކަމަށެވެ.
ޕޮންގަލް އަކީ އިރަށް އަޅުކަން ކުރާ މީހުން ފާހަގަކުރާ ޢީދެކެވެ. މި ޢީދު ޢާއާންމުގޮތެއްގައި ފާހަގަކުރަނީ ޖަނަވަރީ މަހުގެ މެދުތެރޭގައެވެ.