ENGLISH

22 އޭޕްރީލު 2025

Advertisement

އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަޖީހު ވަކިކުރައްވައިފި

02 ފެބްރުއަރީ 2025

|

ހަސަން އާމިރު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމުން މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކިކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން 'އެކްސް' ގައި މިރޭ ކުރި ޕޯސްޓެއްގައި، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރުކަމުގެ މަޤާމުން ދަފްތަރު ނަންބަރު ރސ 4589، މުޙައްމަދު ވަޖީހު އިބްރާހީމް ވަކިކުރެއްވިކަން ފިޔަވައި އިތުރު ތަފްސީލެއް ހާމަކުރައްވައިފައެއް ނުވެއެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި ބޯޑު ޑިރެކްޓަރުކަމަށް ވަޖީހު އައްޔަން ކުރައްވާފައި ވަނީ ނޮވެމްބަރު 29، 2023 ގަ އެވެ.

ވަޖީހު ވަނީ 2013 އިން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް އެމްޕީއެލްގެ އިސް މަގާމުތަކެއް ފުރުއްވައިފައެވެ. އޭގެ ކުރިން އޭނާ އަކީ ރާއްޖޭގެ ބައެއް ސްކޫލްތަކުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 

ކިޔުންތެރިންގެ ހިޔާލު