ENGLISH
26 ނޮވެމްބަރު 2024
އަލިފާނުގެ ހާދިސާއެއް ހިނގާ ސަފާރީއަކަށް ބޮޑުގެއްލުންތަކެއް
07 ނޮވެމްބަރު 2024
|
އެމެއެންޑީއެފްއިން އަލިފާން ނިއްވުމުގެ މަސައްކަތުގައި
އެންމެ މަޤްބޫލު
ހުޅުމާލެ ފަޅު ތެރޭގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި މިއަދު ފަތިހު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްހިނގާ ސަފާރީއަށް ބޮޑު ގެއްލުންތަކެއް ވެއްޖެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މަޢުލޫމާތު ދެއްވި ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ފަތިހު 3:42 ގައެވެ.
އަލިފާން ނިއްވުމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އޮފިސަރުން ވަގުތުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފްއިން ހާމަކުރެއްވިއެވެ.
އެމްއެންޑީއެފްއިން ހިއްސާކުރެއްވި ފޮޓޯ އަދި ވީޑިއޯ މަންޒަރުތަކުން ފެންނަ ގޮތުގައި ސަފާރީގެ ގިނަ ބައިތަކެއްގައި އަލިފާން ރޯވެފައިވާކަން ފާހަގަކުރެވެއެވެ. މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވޭތޯ އަދި ހާދިސާ ހިނގި ސަބަބު އަދި ވަނީ ހާމަކުރައްވާފައެއް ނުވެއެވެ.