ENGLISH

22 އޭޕްރީލު 2025

Advertisement

އިމިގްރޭޝަނުން ދެ ތަނެއް ބަލައި ފާސްކޮށް ފިލައިގެން އުޅުނު ބިދޭސީއެއް އަތުލައިގަނެފި

02 ފެބްރުއަރީ 2025

|

ޝިފްޒާން އަޙްމަދު

އިމިގްރޭޝަނުން މިއަދު ހިންގެވި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަނުން މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް ފިލަައިގެން އުޅުނު ބިދޭސީއެއް އަތުލައިގަނެފިއެވެ. 

އިމިގްރޭޝަނުގެ ރަސްމީ އެކްސް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި މިއަދު މާލޭގެ ދެ ތަނެއް ބަލައި ފާސްކުރެއްވީ އެ އިދާރާގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހުށަހެޅުމަށް ޤާއިމުކުރައްވާފައިވާ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު މަޢުލޫމާތަކާ ގުޅިގެންނެވެ. 

"އިމިގްރޭޝަން ވޮޗް"އަށް ލިބުނު މަޢުލޫމާތާ ގުޅިގެން އެ އިދާރާގެ ޓާސްކް ފޯހުން މާލޭގެ ދެތަނެއް ބަލައި ފާސްކުރެއްވިކަމުގައި އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. 

އިމިގްރޭޝަނުން މިއަދު ހިންގެވި ޚާއްޞަ އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން 

އިމިގްރޭޝަނުން ހާމަކުރެއްވި ގޮތުގައި ޓާސްކް ފޯހުން ބަލައި ފާސްކުރެއްވި ދެ ތަނުގެ ތެރެއިން އެއް ތަނަކީ ފިލައިގެން އުޅޭ ބިދޭސީއަކު އުޅެމުންދާ ތަނެއްކަމަށް އެ އިދާރާއަށް އޮތީ މައުލޫމާތު ލިބިފައެވެ. 

އެ އިދާރާއަށް ލިބިވަޑައިގަތް މަޢުލޫމާތުގެ އަލީގައި ހިންގެވި އޮޕަރޭޝަނުގައި ފިލައިގެން އުޅޭ ބިދޭސީ މީހާ ދިރިއުޅޭކަމަށް ބެލެވުނު ތަން ބަލައި ފާސްކުރެއްވިއިރު އެތަނުން އެމީހާވަނީ އަތުޖެހިފައެވެ. 

އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި އެ އިދާރާއިން ހިންގެވި އޮޕަަރޭޝަނުގައި ފިލައިގެން އުޅުނު ބިދޭސީ މީހާ އަތުލައިގަނެ އެ އިދާރާގެ ބެލުމުގެ ދަށަށްވަނީ ގެންދަވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު