ENGLISH
22 އޭޕްރީލު 2025
އެސްޓޯނިއާއަށް ރައީސް ކުރެއްވި ކާމިޔާބު ދަތުރުފުޅަަށް ޚަރަދުވީ 1.3 މިލިއަން ރުފިޔާ
02 ފެބްރުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި އެސްޓޯނިއާގެ ރައީސް ޑރ.އަލާރް ކަރިސް، ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެސްޓޯނިއާއަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ޚަރަދުވެފައިވަނީ 1.3 މިލިއަން ރުފިޔާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އެ އޮފީހުން މިއަދު މީޑިޔާތަކާ ހިއްސާކުރެއްވި މަޢުލޫމާތުތަކުގެ ތެރޭގައި ރައީސްގެ މި ދަތުރުފުޅުން ހާސިލުކުރެއްވުނު މުހިއްމު ކަންކަން ހިމެނެއެވެ. ޑިޖިޓަލް އިނޮވޭޝަންއާއި ސައިބާ ސެކިއުރިޓީއާއި އީގަވަނެންސް އަދި މޫސުމީ ބަދަލުތަކާއި ޞިއްޙަތާއި ތަޢުލީމު ފަދަ ދާއިރާތަކުން ރާއްޖެއާއި އެސްޓޯނިއާގެ މެދުގައި ގުޅުން ބަދަހިކުރުމާއެކު ޢިލްމު ހިއްސާކުރުމުގެ މަޤުޞަދުގައި ކުރެއްވި މި ދަތުުރުފުޅުގެ ތެރެއިން ވަރަށް ގިނަ ދާއިރާތަކުން ދެ ޤައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާތައް ޤާއިމުކުރެވިގެންދިޔައެވެ.
އެގޮތުން އެ ޤައުމުގެ ޔުނިވަރސިޓީތަކުން ދިވެހިންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތުތައް ފަހިކުރުމާމެދު ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނުއިރު، އެސްޓޯނިއާގެ ފެންވަރު ރަނގަޅު ތަޢުލީމީ ނިޒާމާއި އުނގެނުމާއި އުނގަންނައިދިނުމުގައި އެ ޤައުމުން ގެންގުޅޭ އީޖާދީ އުކުޅުތަކުގެ އެހީގައި ރާއްޖޭގެ ތަޢުލީމީ ނިޒާމު ހަރުދަނާކުރެވޭނެ ގޮތްތަކާމެދު ދެ ޤައުުގެ މެދުގައި ޚިޔާލު ބަދަލުކުރެވުނެވެ.
އަދި ރާއްޖޭގެ އިޤުތިޞާދުގައި ޑިޖިޓަލް އިކޮނޮމީގެ ދައުރު ފުޅާކޮށް ސަރުކާރުގެ ހިންގުން ޑިޖިޓައިޒްކުރުން ފަދަ ކަންކަން ކުރުމަށްޓަކައި ޚަރަދުކުޑަކޮށް އެކަންކަން ކުރެވޭނެ މަގުތަކާމެދު އެސްޓޯނިއާގެ ސަރުކާރާއި ދިވެހި ސަރުކާރުގެ މެދުގައި މަޝްވަރާކުރެވި، އެ ޤައުމުގެ ރައީސަަށް ޑިޖިޓަލް ދާއިރާއިން ލަފާ އަރުވާ ކައުންސިލުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ. އަދި ޑިޖިޓައިޒޭޝަން މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި އެ ޤައުމާއެކު ސޮއިކުރެވިފައިވެއެވެ.
ޑިޖިޓަލް ދާއިރާގެ އިތުރަށް މޫސުމީ ބަދަލުތަކާ ބެހޭ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އެމްއޯޔޫއެއްގައި ސޮއިކުރެވިފައިވާއިރު، ޔޫރަޕިއަން ޔޫނިއަނަށް ރާއްޖެއިން ބޭރުކުރާ މަހުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އެސްޓޯނިއާގެ އެހީތެރިކަން ލިބޭނެކަން އެ ޤައުމުގެ ސަރުކާރުން ކަށަވަރުކޮށްދެއްވާފައިވެއެވެ.
އޭގެ އިތުރަށް ދެ ޤައުމުގެ މެދުގައި ޕޮލިޓިކަލް ކޮންސަލްޓޭޝަން ފެށުމަށް ފަހުމުނާމާއެއް ޤާއިމުކުރެވިފައިވެއެވެ.
އަދި އެސްޓޯނިއާގެ ސިޓީއެއްކަމަށްވާ ޓާޓޫ ސިޓީން ތިމާވެއްޓާ ރައްޓެހި ސްމާޓު ސިޓީ ހައްލުތައް އީޖާދުކުރުމުގައި އެސިޓީން ހޯދި ކާމިޔާބުތަކުގެ މައުލޫމާތު އޮޅުންފިލުއްވުމާއެކު، ޑިޖިޓަލް ދާއިރާއާއި މެޑިސން އަދި މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ ސައެންސްގެ ދާއިރާއިން ދިވެހިން ތަމްރީނުކުރުމާ ގުޅޭ ގޮތުން ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނެވެ.
ރައީސްގެ މި ޒިޔާރަތުގައި އެސްޓޯނިއާގެ ރައީސް ޑރ.އަލާރް ކަރިސްއާ ބައްދަލުކުރެއްވިއެވެ. އަދި އެ ޤައުމުގެ އެކި ވަޒީރުންނާއި މުހިއްމު ބައެއް އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެކި ދާއިރާތަކުން ރާއްޖެއާއި އެސްޓޯނިއާގެ މެދުގައި ގުޅުން ބަދަހިކުރުމާމެދު މަޝްވަރާކުރައްވާފައިވެއެވެ.