ENGLISH

22 އޭޕްރީލު 2025

Advertisement

އެއްވެސް ސަރޖަރީއެއް ހުއްޓައިނުލަން: އައިޖީއެމްއެޗް

02 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބައެއް ސަރޖރީތައް ހުއްޓާލާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ހޮސްޕިޓަލުން މިއަދު ދޮގުކޮށްފި އެވެ.

އެ ހޮސްޕިޓަލްގެ ރަސްމީ 'އެކްސް' އެކައުންޓުން މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ، އެ ހޮސްޕިޓަލުގެ އެއްވެސް ސަރޖަރީއެއް މިވަގުތު ހުއްޓާލާފައި ނުވާ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

އެ ހޮސްޕިޓަލްގެ ހުރިހާ ސަރޖަރީތައް ހުއްޓާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވުންދާ ވާހަކަތައް ދޮގުކޮށް އައިޖީއެމްއެޗުން ކުރެއްވި ޕޯސްޓުގައި ވަނީ އެފަދަ ހަގީގަތާއި ހިލާފު މަޢުލޫމާތު ފެތުރުން ކުށްވެރިކުރައްވައި ޒިންމާދާރުކަމާ އެކު މައުލޫމާތު ފެތުރުމަށް ނަޞޭޙަތްތެރިވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު