ENGLISH

22 އޭޕްރީލު 2025

Advertisement

ޖިނާއީ އިޖުރާއަތުގެ ޤަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

02 ފެބްރުއަރީ 2025

|

އާމިނަތު މައިހާ

ޖިނާއީ އިޖުރާއަތުގެ ފަސް ވަނަ ޤަވާއިދަށް އިސްލާހުގެނެވި، އެކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރާއި، ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ގުޅިގެން، މިއަދު ބޭއްވި މި ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާ ދިރާގު އަދި އުރީދޫއާ ބެންކު އޮފް މޯލްޑިވްސްއާ މޯލްޑިވްސް އިސްލާމިކް ބެންކާ ފަހި ޕޭ އަދި ވިލާ ޓްރެވަލްސްގެ އިސްވެރިން ވެސް ބައިވެރިވެލައްވާފަވެއެވެ.

ޖިނާއި އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސް ވަނަ އިސްލާހާ ގުޅޭގޮތުން އިދާރާތަކުގެ މެދުގައި މަޝްވަރާކޮށް، ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށް، މާލީ އިދާރާތައް ގުޅިގެން ގައިޑްލައިން ހެދުމަށް ބޭނުންވާ މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފަވެއެވެ.

ކިޔުންތެރިންގެ ހިޔާލު