ENGLISH

22 އޭޕްރީލު 2025

Advertisement

ޚާރިޖީ ވަޒީރު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

02 ފެބްރުއަރީ 2025

|

ޢަލީ ޝާހީން

ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ގަލީލް ސައުދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން --- ފޮޓޯ: ޚާރިޖީ ވުޒާރަ

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލު ސަޢުދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅާއި ގުޅިގެން މިނިސްޓްރީން އާއްމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ  މިނިސްޓަރު ސަޢުދީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާފައިވާކަމަށާއި ދަތުރުފުޅުގެ ތެރެއިން ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ހިޒް ހައިނެސް ޕްރިންސް ފައިޞަލް ބިން ފަރްހާން އާލް ސަޢޫދާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާމެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ. 

އަދި ފަތުރުވެރިކަމުގެ ދާއިރާ އާއި ޢުމްރާނީ ތަރައްޤީއާއި އިއާދަކުރުވަނި ހަކަތައިގެ ދާއިރާއިން ވެސް ދެ ޤައުމުގެ މެދުގައި ގިނަ މަޝްވަރާތަކެއް ކުރެވުނުކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. 

މީގެ އިތުރުން ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށާއި ޖިއްދާގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓަށް ވަޒީރު ޒިޔާރަތްކުރައްވައި، ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ދިވެހިންނާއި ޙައްޖާއި ޢުމްރާއަށް ދާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށާއި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ސިޔާސީ އަދި އިޤްތިޞާދީ ގުޅުން ވަރުގަދަކުރުމުގައި އެމްބަސީއާއި ކޮންސިއުލޭޓުން ވިލަރެސްކޮށްގެން ކުރައްވާ މުހިންމު މަސައްކަތްތަކަށް މިނިސްޓަރު ވަނީ ތައުރީފު ކުރައްވާފައެވެ.

ސަޢުދީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ޚާރިޖީ ވަޒީރު ހިޒް ހައިނެސް ޕްރިންސް ފައިޞަލް ބިން ފަރްހާން އާލް ސަޢޫދާއި ބައްދަލުވުރެއްވުމުގެ އިތުރުން ސަޢުދީ ސަރުކާރުގެ އެހެނިހެން އިއްޒަތްތެރިންނާއި ވެސް ބައްދަލުކުރައްވައި ދެ ޤައުމު ގުޅިގެން ތަފާތު އެކި ދާއިރާތަކުން މަސައްކަތްކުރުމާމެދު މިނިސްޓަރ ޚަލީލުވަނީ މަޝްވަރާކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު