ENGLISH

22 އޭޕްރީލު 2025

Advertisement

ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

02 ފެބްރުއަރީ 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާއެކުބޭވި ބައދަލުވުމުގެ ތެރެއިން--- ފޮޓޯ/މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ޢިމާރާތްކުރުމުގެ ދާއިރާގެ ޤަވާއިދަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންދެވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ޑެޕިއުޓީ މިނިސްޓަރް މުޙައްމަދު ޢިމްރާން ޙަސަން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން، ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައިއެވެ.

މި ބައްދަލުވުމަކީ، އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލީ މަސައްކަތްކުރާ ފަރާތްތަކާއި ގުޅޭ ޤަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި ކުރިއަށްގެންދެވޭ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތަކުގެ ސިލްސިލާގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކާއި، ގަވާއިދަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރުންގެ ޚިޔާލު ހޯއްދެވުމަށެވެ. އަދި މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. 

ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި މި ފަދަ ބައްދަލުވުންތަކަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދާއިރާގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު