ENGLISH
22 އޭޕްރީލު 2025
ކުރީ ސަރުކާރުތަކަށް ރާއްޖޭގެ އިޤުތިޞާދީ އިޖުތިމާޢީ މައްސަލަތައް ހައްލުނުކުރެވުނު: އަލީ މޫސަ
02 ފެބްރުއަރީ 2025
|
ވޭތުވެދިޔަ ސަރުކާރުތަކުން ފެނިގެންދިޔައީ ވެރިކަމަށް އަންނަންވީމަ ވަރަށް ބޮޑެތި ވައުދުތަށްވެ ވަރަށް ބޮޑެތި ޕްލޭންތަށް ކޮށްގެން އަންނަތަނކަމަށާއި، އެހެން ނަމަވެސް ވެރިކަން ނިމިގެން ދާއިރުވެސް ރާއްޖޭގައި ހުރި އިޤުތިޞާދީ އަދި އިޖްތިމާޢީ މައްސަލަތައް ހައްލުކުރެވިފައިވާތަން ނުފެންނަކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރު ޢަލީ މޫސަ ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މެމްބަރު ޢަލީ މޫސާ ވިދާޅުވީ، ކުރީ ސަރުކާރުތަކުން ރާއްޖޭގެ އިޤުތިޞާދީ އަދި އިޖްތިމާއީ މައްސަލަ ތަކުގެ ހައްލު ގެނެސްފައި ނުވުމުގެ ނަތީޖާއަކީ، އެމައްސަލަތައް ވާރުތަވެގެން ދިޔުން ކަމަށެވެ.
މީގެ އިތުރުން އަލީ މޫސަ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އެމަނިކުފާނު ވަނީ އެމައްސަލަތައް ވަރަށް ރަނގަޅަށް ބައްލަވައި ދެނެވަޑައިގެން، އެމައްސަލަތައް ހައްލުކުރާނެ ގޮތް ރާވާފައިކަމަށެވެ.
" ހަގީގަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ވަޑައިގެންނެވިއިރުވެސް އެމަނިކުފާނުވަނީ އެމައްސަލަތައް ވަރަށް ރަނގަޅަށް ދެނެގަނެފައި، އެމައްސަލަތައް ހައްލުކުރާނެ ގޮތެއް އަމަނިކުފާނު ވަނީ ރާވާފައި އޭގެ ނަތީޖާއަކަށް ވެގެން މިދަނީ ވެރިކަމުގެ މިހާ ކުރީކޮޅު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަށް ހައްލުކުރުމަށްޓަކައި ހަރުދަނާ ފިޔަވަޅު ތަކެއް އެޅިގެންދާތަން" އަލީ މޫސަ ވިދާޅުވިއެވެ.
އެގޮތުން އިޖްތިމާއި އަދި އިގްތިސޯދީ ގޮތުން ހުރި މައްސަލަ ތަކުގެ ތެރޭގައި މެންބަރު ފާހަގަ ކުރެއްވީ، ބޭއަދަބީ ސައިޓް ތަކަށް ނުވަދެވޭ ގޮތަށް ބަންދު ކުރުމާއި ވޭޕް މަނާކުރުމާއި ފައިސާ ޗާޕްކުރުން ހުއްޓާލުމާއި ފޮރިން އެކްސްޗޭންޖާއި ބެހޭ ޤާނޫނެއް ހެދުމުގެ އިތުރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމެވެ. އަދި މިކަންކަމަކީ ޤައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއް މިހާތަނަށް މިފިޔަވަޅުތައް ނާޅާ ތަރައްޤީވެ ތަހުޒީބުވެެފައި ނެތްކަން މެންބަރުވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން މެންބަރު ވިދާޅުވީ، ކުރީ ސަރުކާރު ނިމުމުގެ ކުރިން ފަށާފައިހުރި ގިނަ ޕްރޮޖެކްޓްތައް ހުއްޓިފައިވާކަމަށެވެ. އެގޮތުން އައިއެމްއެފް އަދި ވޯލްޑް ބޭންކް ކަހަލަ ތަންތަނުން ނެރެފައިވާ ރިޕޯޓުތަކަށް ބަލާއިރު އެބޭފުޅުން ވަނީ ދިވެހިރާއްޖޭގެ އިޤުތިޞާދު ބަނގުރޫޓުވެފައިވާކަމަށް ވިދާޅުވެފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.
އަދި އެގޮތަށް އެކަންކަން އޮއްވައި ވޯޓު ލުމުގެ ދެ ހަފްތާ ކުރިން ރަށްރަށުގައި މަޝްރޫޢުތައް ފަށާފައިވާކަން ފާހަގަކުރައްވައި، މެމްބަރު ވިދާޅުވީ އުލިގަމުގެ ބަނދަރު ކޮންނަން ފެށީ ވޯޓުލުމުގެ ދިހަ ދުވަސް ކުރިން ކަމަށެވެ. އަދި މިގޮތަށް ޕްރޮޖެކްޓްތައް ފެށުމުގެ ސަބަބުން ޤައުމުގެ އިޤުތިޞާދުވަނީ އިނދަޖެހިފައިކަމަށް މެންބަރުވަނީ ފާހަގަކުރައްވާފައެވެ.
މެންބަރު އިތުރަށް ފާހަގަކުރެއްވީ ކުރީ ސަރުކާރުން މާލީ ކަންކަން ޒިންމާދާރުކަމެއް ނެތި ކުރިއަށްގެންދިއުމުގެ ސަބަބުން ކުރިމަތިވި ގިނަ ގޮންޖެހުންތަކުގެ ތެރެއިންވެސް ފާއިތުވި އަހަރު ރާއްޖޭގައި ތަރައްްޤީއަށް މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.