ENGLISH
22 އޭޕްރީލު 2025
އެއް ކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި
02 ފެބްރުއަރީ 2025
|
އެއް ކިލޯއަށްވުރެ ގިނަ ޑްރަގާއެކު ފުލުހުން ހައްޔަރުކުރެއްވި ޙަސަން ނަޒީޙް، ފޮޓޯ: ދިވެހި ފުލުހުންގެ ޚިދުމަތް
އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ވިދާޅުވެފައިވަނީ އެ ޚިދުމަތުގެ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވަތާކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ގ.ޖޫތީގޭ، ޢުމުރުން 32 އަހަރުގެ ޙަސަން ނަޒީހު ކަމަށެވެ.
ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި މި އޮޕްރޭޝަން ހިންގަވާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި އެ ޚިދުމަތުގެ ޑްރަގް އެންފޯސްމެންޓު ގުޅިގެންނެވެ.
މި އޮޕަރޭޝަނުގައި ނަޒީހު ހައްޔަރުކުރުމަށްފަހު ފުލުހުންވަނީ އޭނާއާ ގުޅުންހުރި ދެ ތަނެއް ބަލައިފާސްކޮށްފައެވެ. ބަލައިފާސްކުރި ދެ ގެއިން މަސްތުވާތަކެތިކަމަށް ޝައްކުވާ ތަކެތި ފެނިފައިވާއިރު ގިނަ ޢަދަދެއްގެ ފައިސާވެސް ފުލުހުން ހޯއްދަވާފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި އޮޕަރޭޝަނުގައި އެ ޚިދުމަތުން ހޯދި މަސްތުވާތަކެތި އެއް ކިލޯއަށްވުރެ ބަރުވާނެއެވެ.
އެ މައްސަލާގައި ނަޒީހު ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުންވަނީ ދިހަ ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލަ ތަހުގީގުކުރެއްވުމުގެ މަސައްކަތް އެ އިދާރާއިން ކުރައްވަމުންދާ ކަމަށެވެ.