ENGLISH

22 އޭޕްރީލު 2025

Advertisement

ދިއްދޫ ރައްޔިތުންނަށް ވިސްނިއްޖެ، ސަރުކާރަށް ތާއީދުކުރަނީ މަޖުބޫރުކަމެއް ނެތި: ޝަރީފް

02 ފެބްރުއަރީ 2025

|

އުމްނާ އިސްމާޢީލް

ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް ޝަރީފު، ފޮޓޯ: އެމްއެމްޓީވީ

ޒަމާންތަކެއް ވަންދެން އިދިކޮޅު އެމްޑީޕީއަށް ގިނަ ބަޔަކު ތާއީދުކުރި ހއ. ދިއްދޫގެ ރައްޔިތުންނަށް މިހާރު ވިސްނިއްޖެ ކަމަށާއި، ސަރުކާރަށް އެ ރައްޔިތުން ތާއީދުކުރަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ކަމަށް ކެލާ ދާއިރާގެ މެމްބަރު އަބްދުﷲ ޝަރީފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމަށް ވަޑައިގެން މެމްބަރު ޝަރީފް ވަނީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ވާހަކަދައްކަވާފަ އެވެ.

މެމްބަރު ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނަވައި، އެމަނިކުފާނުގެ ސިޔާސަތުތައް ފެނުމުން ދިއްދޫ ރައްޔިތުންގެ ވިސްނުން ވަރަށް ބޮޑަށް މިހާރު ބަދަލުވެފައިވާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ ސަރުކާރުގެ ސިޔާސަތުތަކާއި، އެ ރަށަށް އިންވެސްޓްކުރާނެ ފަހި މާހައުލެއް އެ ރަށަށް މި ސަރުކާރުން ހޯދައިދިނުމެވެ. މެމްބަރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރާ ހަމަޔަށް އެކަން ކުރާނެ ރަނގަޅު މާހައުލެއް ނެތް ކަމަށެވެ.  

"" ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރުވާން މިދަނީ. ދާއިރުގައި މިއަދު ތަފާތު ފެނިއްޖެ އިނގޭތޯ. މީކީ އެއްގޮތަކަށް ވެސް ހަމަ އެއްކަލަ ރައްޔިތަކު ރުއްސަން، ރައްޔިތުންގެ އިހުސާސްތަކާއި ކުޅެލަން ގޮސް ހަމަ ކަމެއް ކުރާނެ ސަރުކާރެއް ނޫންކަން ދިއްދޫ ރައްޔިތުން 100% މިއަދު ގަބޫލުކޮށްފި." "

ރައީސް އެ ރަށަށް ވަޑައިގެންނެވިއިރު ބަޔަކު އިހުތިޖާޖަށް ނުކުތް ނުކުތުމަށް އަލިއަޅުވާލައްވަމުން މެމްބަރު ވިދާޅުވީ އެ ބަޔަކު ދައްކަން އުޅުނު "ފްލޮޕު ފިލްމެއް" ކަމަށާއި އެއީ "ދެއްކި ދެއްކުމެށް" ކަމަށެވެ.

"އެތާކު އެއްވެސް ރައްޔިތަކު މަޖުބޫރު ކޮށްގެން އެއްވެސް ކަމެއް ކޮށްގެންނެއް ނޫން ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ތިބީ. މުޅި ދިއްދޫ އޮތީ އެއްކޮށް ނުކުމެ    "

ރައީސް ޑރ. މުޢިއްޒު ހއ. އަތޮޅުގެ 10 ރަށަކަށް ވަނީ ވަޑައިގެން އެރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފައްޓަވާދެއްވާފައިވެއެވެ.  ރައީސް ޑރ. މުޢިއްޒުގެ ދަތުރުފުޅުގައި ހއ. އަތޮޅުން ވަޑައިގަތީ، ދިއްދޫ، ފިއްލަދޫ، ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، މުރައިދޫ، ތަކަންދޫ، އުލިގަން އަދި އުތީމަށެވެ.

ކިޔުންތެރިންގެ ހިޔާލު