ENGLISH

22 އޭޕްރީލު 2025

Advertisement

ފަތުރުވެރިކަމާއި ތިމާވެއްޓަކީ ރާއްޖެ ފަޚުރުވެރިވާ ދެ ދާއިރާއަށް ހަދައިދިނުމުގެ ޢަޒުމުގައި މަސައްކަތް ކުރާނަަން: މިނިސްޓަރ ޠާރިޤު

01 ފެބްރުއަރީ 2025

|

އަހުމަދު ސައީދު

ފަތުރުވެރިކަމުގެ ދާއިރާއާއި ތިމާވެށީގެ ދާއިރާ އަކީ ރާއްޖެ ފަޚުރުވެރިވާފަދަ ދެ ދާއިރާއަަށް ހައްދަވައިދެއްވުމުގެ އަޒުމުގައި މަސައްކަތް ކުރައްވާނެ ކަމަށް، އެ ދާއިރާ ތަމްސީލުކުރާ ގޮތަށް އުފެއްދެވި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓުގެ މިނިސްޓަރު ޠާރިޤު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. 

ޓޫރިޒަމް މިނިސްޓްރީއާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލައްވައި އެ މިނިސްޓްރީގެ މިނިސްޓަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރެއްވީ މިހާތަނަށް ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނަރޖީގެ މަޤާމުގައި ހުންނެވި ޠާރިޤު އެވެ. 

"ރާއްޖޭގެ ޓޫރިޒަމް ސެކްޓާއާއި އެންވަޔަރަމެންޓް ދާއިރާއިން މިހާރު ކުރެވެމުންދާ ކަންތައްތައް މިހާރަށްވުރެ ރަނގަޅަށް އަދި އިރާދަކުރެއްވިއްޔާ ރާއްޖޭގެ ޓޫރިޒަމް ސެކްޓާއަކީ އެންމެން ފަޚުރުވެރިވާ އަދި އެންމެންނަށް ފައިދާކުރާ އަދި ރާއްޖޭގެ ޓޫރިޒަމް ސެކްޓާ އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްތަކެއް އަޅުގަނޑު ކުރާނަން. އަދި އެންވަޔަރަމެންޓް ދާއިރާ ވެސް އިތުރަށް ކުރިއަރުވާ މި ދެ ދާއިރާ އެއްކޮށް މަސައްކަތްކޮށްގެން ވަރަށް މުހިންމު ކަންތައްތަކެއް އަޅުގަނޑުމެންނަށް ކުރެވިގެންދާނެ،" މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ދެއްވި ކުރު ވީޑިއޯ މެސެޖެއްގައި ޠާރިޤު ވިދާޅުވިއެވެ. 

ޠާރިޤު އިބްރާހީމް އަކީ ރާއްޖޭގެ 18 ވަނަ ޓޫރިޒަމް މިނިސްޓަރެވެ.

ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓު މިނިސްޓްރީ އެއްކޮށްލެއްވިއިރު ކުރިން ޓޫރިޒަމް މިނިސްޓަރގެ މަޤާމުގައި ހުންނެވި އިބްރާހީމް ފައިޞަލު މަޤާމުން ވަކިކުރެއްވީ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު