ENGLISH

06 އޭޕްރީލު 2025

Advertisement

އެމެރިކާއިން ކެނެޑާ، މެކްސިކޯ އަދި ޗައިނާއިން ނަގާ ޑިޔުޓީ ބޮޑުކުރުމާ ދިމާކޮށް ތަކެތީގެ އަގު އުފުލުމުގެ ބިރު

01 ފެބްރުއަރީ 2025

|

ހަސަން އާމިރު

އެމެރިކާއިން ކެނެޑާ، މެކްސިކޯ އަދި ޗައިނާއިން އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑުކުރަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމުމާ ދިމާކޮށް، މުދަލުގެ އަގު އުފުލޭނެކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ކެނެޑާ އަދި މެކްސިކޯ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ނަގާ ޑިޔުޓީ 25 އިންސައްތަ ބޮޑުކުރައްވާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ދެއްވައިފައެވެ.

ޗައިނާއިން އެތެރެކުރާ މުދަލުން 10 ޕަސެންޓުގެ ޑިޔުޓީއެއް ނަގާނެކަމަށް ވެސް ޓްރަމްޕް ވަނީ އިޢުލާނުކުރައްވައިފައެވެ.

އެ ތިން ޤައުމަށް ބޮޑުކުރާ ޑިޔުޓީގެ ރޭޓު، މިއަދުގެ ވަގުތެއްގައި އިޢުލާނުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކެނެޑާ އާއި މެކްސިކޯއަށް ޑިޔުޓީ ބޮޑުކުރަން ޓްރަމްޕް ނިންމަވާފައިވަނީ، އެމެރިކާއަށް ޤަވާޢިދާ ޚިލާފަށް މީހުން އެތެރެވުމާއި މަސްތުވާތަކެތި އެތެރެވުން ހުއްޓުވަން އެ ދެ ޤައުމުން ވެސް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ތުހުމަތުކުރައްވައެވެ.

ނަމަވެސް، އެމެރިކާއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ތިން ޤައުމުން ނަގާ ޑިިޔުޓީ ބޮޑުކުރުމުގެ އަސަރު އާންމުންގެ ޖީބަށް ކުރާނެ ކަމަށް އިޤްތިޞާދީ މާހިރުން ވިދާޅުވެއެވެ. މިގޮތުން، މި ބަދަލާއެކު މި އަހަރުގެ ތެރޭގައި ތަކެތީ އަގު 0.7 އިންސަތައިން އުފުލޭނެ ކަމަށް ބައެއް ފަރާތްތަކުން ވަނީ ލަފާކޮށްފައެވެ.

އެމެރިކާގެ ވިޔަފާރީގެ ސިޔާސަތަށް ގެންނަވާ ބަދަލުތަކުގެ ތެރެއިން، އެހެން ޤައުމުތަކާ ދެކޮޅަށް ވެސް މިފަދަ ބައެއް ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.

އޭގެތެރޭގައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ޤައުމުތަކާއި އިންޑިއާ ވެސް ހިމެނޭކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު