ENGLISH

22 އޭޕްރީލު 2025

Advertisement

ރާއްޖޭގައި ދަނޑުވެރިކަން ތަރައްޤީކުރުމަށް ޕާކިސްތާނުން އެހީވަނީ

29 ޖެނުއަރީ 2025

|

ރާޔާ ރިޒާ

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަށް ޕާކިސްތާނުން އެހީވާނެ ކަމަށް އެ ޤައުމުން ބުނެފިއެވެ.

ޕާކިސްތާނުން ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބުނީ ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު ހިޒް އެކްސެލެންސީ ފައިސަލް ރަސުލް ޟާލީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ އާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދަނޑުވެރިކަމުގެ ވުޒާރާއިން ވިދާޅުވީ މި ބައްދަލުވުމުގައި ދަނޑުވެރިކަމުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި މި ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިސްކަމެއްދެއްވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

އެކަންކަން ހާސިލް ކުރުމަށް ފަންނީ މީހުން ބިނާކުރަން ޖެހޭކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް އެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވިދާނެ ކަންކަމާއި، ޕާކިސްތާނުގެ ފަންނީ އެހީތެރިކަން ހޯދުމާ ގުޅޭގޮތުން ވެސެ ވަޒީރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ޕާކިސްތާންގެ ސަފީރުގެ ވާހަކަފުޅުގައި ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް އެ ޤައުމުން ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު