ENGLISH

22 އޭޕްރީލު 2025

Advertisement

200 ކާޓަން ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލަ ތަހުޤީޤު ކުރަނީ

29 ޖެނުއަރީ 2025

|

އާމިނަތު މައިހާ

ރާއްޖެ އަށް 200 ކާޓަން ސިނގިރޭޓް ސިއްރުން އެތެރެކުރި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ގުޅިގެން ތަހުގީގު ކުރަމުން އެބަދެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުން، މި މައްސަލައިގައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ބޭރު ދަތުރުކުރާ އުޅަނދެއް ކަމަށްވާ ދަ ހޯކްސް ޖަވާހިރު ބޯޓުން މި ސިނގިރޭޓްތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ފުލުހުންގެ ތަހުޤީޤަށް އެނގިފައިވާގޮތުން މިދިޔަ އަހަރު އޮކްޓޯބަރ 24 ވަނަ ދުވަހު ރާއްޖެއަށް އައި ދަ ހޯކްސް ޖަވާހިރު ބޯޓުން މާސްޓަރ މެންޗެސްޓާ ސިނގިރޭޓް ކާޓަންތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި ރާއްޖެއަށް ގެނެސްފައިވާ ކަމަށް އެ ޚިދުމަތުން ވިދާޅުވެއެވެ. އަދި އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓް ކާޓަންތައް ބާލައިގެން ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވެއެވެ.

މި ޕޯސްޓުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މައްސަލައިގެ ތަހުޤީޤު ބިނާވެފައިވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށެވެ. އެއީ ދިވެހި ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިންގ ކުށެވެ.

ކިޔުންތެރިންގެ ހިޔާލު