ENGLISH
22 އޭޕްރީލު 2025
ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އިސްލާމިކް މިނިސްޓްރީއާ އެކު މަޝްވަރާކޮށްފި
29 ޖެނުއަރީ 2025
|
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތްދިނުމުގައި، ދެ މިނިސްޓްރީ ގުޅިގެން ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ޖެންޑަރ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް އަދި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލު ކުރައްވައިފިއެވެ
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މި ބައްދަލުވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ ޕްރޮގްރާމްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތަކަށް ރިޢާޔަތްކުރައްވާކަން ޖެންޑަރ މިނިސްޓަރ ފާހަގަކުރެއްވި ކަމަށެވެ.
އެގޮތުން، އިސްލާމް ދީނުގެ ރުކުންތަކަށާއި އަސާސްތަކަށް ލޯބިކުރާ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހިންގަވާ 'ރިސާލަތު' ޕްރޮގްރާމްގައި، ސައިން ލެންގުއޭޖް އިންޓަރޕްރިޓޭޝަން ހިމަނުއްވަވާފައިވާކަމީ، ޚާއްޞަކޮށް އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދީނީ މަޢުލޫމާތު ލިބުމުގައި ދިމާވެފައިވާ ހުރަސްތަކަށް ނުހަނު ބޮޑު ލުއިކަމެއް ގެނެސްދޭނެ އަގުހުރި މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ދީނީ ފޮތްތަކުގެ އޯޑިއޯ ވާރޝަން ތައްޔާރުކުރައްވާކަން ފާހަގަކުރައްވައި، މިއީ ހަމަހަމަ އަދި ޝާމިލް މުޖުތަމަޢުއެއް ބިނާކުރުމަށް ދެއްވާ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގައި އިސްލާމިކް މިނިސްޓަރ ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވައި ހިތްވަރުދެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދީނީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ މި ސަރުކާރުން އިސްކަންދޭ ދާއިރާއެކެވެ.