ENGLISH

22 އޭޕްރީލު 2025

Advertisement

މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިނިސްޓަރ މުޙައްމަދު އަމީންއާ ބައްދަލުކުރައްވައިފި

29 ޖެނުއަރީ 2025

|

ޢަލީ ޝާހީން

މޮރޮކޯއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު މަލިކީ، ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި، ޓްރާންސްޕޯޓާއި އޭވިއޭޝަން ދާއިރާގައި އެއްބާރުލުން އިތުރުކުރުމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ފުޅާކުރުމަށް ދެ ފަރާތުން ވެސް ޝައުޤުވެރިކަން ވަނީ ފާޅުކުރެއްވިއެވެ. އަދި ޚާއްޞަކޮށް ޓްރާންސްޕޯޓާއި އޭވިއޭޝަން ދާއިރާގައި ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު