ENGLISH
26 ނޮވެމްބަރު 2024
ކަސްޓަމަރުންގެ ޑޭޓާބޭސް ހާމަކުރުމުން މެޓާ 15 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
06 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
ސައުތު ކޮރެއާގެ ޑޭޓާ ޕްރޮޓެކްޝަން އޭޖެންސީއިން ފޭސްބުކުގެ މައި ކުންފުނި މެޓާ ޕްލެޓްފޯމްސްއަށް 21.62 ބިލިއަން ވޮން (15.67 މިލިއަން ޑޮލަރު) ގެ ޖޫރިމަނާއެއް ކަނޑައަޅައިފިއެވެ.
މި ޖޫރިމަނާ ކަނޑައެޅީ، އެ ކުންފުނިން ޤާނޫނީ ހުއްދައަކާ ނުލައި ޔޫޒަރުންގެ މަޢުލޫމާތު އެއްކޮށް، އިޝްތިހާރުކުރާ ފަރާތްތަކަށް ދީފައިވާކަން ފާހަގަކުރެވުމާ ގުޅިގެންނެވެ.
އަންގާރަ ދުވަހު ސައުތު ކޮރެއާގެ ޕާސަނަލް އިންފޮމޭޝަން ޕްރޮޓެކްޝަން ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މެޓާއިން ގާތްގަނޑަކަށް 980،000 ސައުތު ކޮރެއާގެ ފޭސްބުކް ޔޫޒަރުންގެ ދީނާއި، ސިޔާސީ ވިސްނުމާއި، ޖިންސް ފަދަ މަޢުލޫމާތު، އެ ފަރާތްތަކުގެ ހުއްދަ ނެތި ހޯދާފައިވާ ކަމަށެވެ. އަދި މި މަޢުލޫމާތު 4،000 އަށްވުރެ ގިނަ އިޝްތިހާރުކުރާ ފަރާތްތަކަށް ދީފައިވާ ކަމަށެވެ.
ކޮމިޝަނުން ބުނެފައިވާ ގޮތުން، މެޓާއިން ޔޫޒަރުންގެ އާދަތައް ދިރާސާކޮށް، އެމީހުން ލައިކްކުރާ ޕޭޖުތަކާއި ކްލިކްކުރާ އިޝްތިހާރުތަކަށް ބަލައި، އިޝްތިހާރުކުރުމަށް ބޭނުންވާ ޚާއްޞަ މަޢުލޫމާތު އެއްކޮށްފައި ހުރެއެވެ. މީގެ ތެރޭގައި ޔޫޒަރުން ނޯތު ކޮރެއާއިން ފިލައިގެން އައި މީހުންގެ ގޮތުގައާއި، ވަކި ދީނަކަށް ނިސްބަތްވާ މީހުންގެ ގޮތުގައާއި، ޓްރާންސްޖެންޑަރ ނުވަތަ އެއްޖިންސުން ކައިވެނިކުރާ މީހުންގެ ގޮތުގައި ކެޓަގަރައިޒްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
މީގެ އިތުރުން، މެޓާއިން ޔޫޒަރުންގެ އަމިއްލަ މަޢުލޫމާތު ބެލުމަށް އެދުމުން އެކަމަށް ދެކޮޅުހަދާފައިވާ ކަމަށާއި، ހެކަރުންގެ ސަބަބުން ސައުތު ކޮރެއާގެ ރައްޔިތުންގެ މަޢުލޫމާތު ލީކުވިޔަ ނުދިނުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާ ކަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.