ENGLISH
26 ނޮވެމްބަރު 2024
20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭންނަށް ހުރިހާ ރައްޔިތުންގެ ބަސް މުހިންމު: ރައީސް
06 ނޮވެމްބަރު 2024
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
އެންމެ މަޤްބޫލު
ދިވެހި ރާއްޖޭގެ 20 އަހަރުގެ ޤައުމީ ތަރައްޤީގެ ޕްލޭނަށް ކޮންމެ ރަށަކުން ވެސް ބަސް ބުނުން މުހިއްމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފެށި ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، މި ޕްލޭނަކީ ޤާނޫނީ ބާރުވެރިކަން ލިބިގެން ކުރެވޭ މަސައްކަތަކަށް ހަދައި، ޤާނޫނު އަސާސީގެ ތެރެއިން ވެސް ބަލައިގަންނަ މަސައްކަތަކަށް ހައްދަވާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ސިޔާސީ ވިސްނުން ދޫކޮށް، މިއީ ޤައުމީ މަސައްކަތެއްގެ ގޮތުގައި ބަލައިގަނެ، ކޮންމެ ރަށަކުން ވެސް ޚިޔާލު ބޭނުންވާ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ޕްލޭންގެ މަސައްކަތް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނަން. ކޮންމެ ރަށެއްގެ ރައްޔިތުން ވެސް މި ޕްލޭނަށް އެއްޗެކޭ ވިދާޅުވާން ޖެހޭ. ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންތައް މީގައި ރެޕްރެޒެންޓްވާންޖެހޭ." - ރައީސް މުޢިއްޒު
ރައީސް އިތުރަށް ފާހަގަކުރެއްވީ، މި ޕްލޭން އެކުލަވާލާއިރު ދުނިޔެއަށް އަންނަ ބަދަލުތައް ވެސް ބަލަންޖެހޭ ކަމަށާއި، އޭއައި ބޭނުންކޮށްގެން އެކުލަވާލެވޭ ޕްލޭނަކަށް ވާންޖެހޭ ކަމަށެވެ. އަދި ޤައުމުގެ ތަރައްޤީގައި ފަންނިއްޔާތު ހިމަނަންޖެހޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސް މުޢިއްޒު ވަނީ މި މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އަންނަ އަހަރުގެ ނޮވެމްބަރު މަހު މި ޕްލޭން ތަންފީޒުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި ޕްލޭނާއެކު ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކަށް ރިޢާޔަތްކޮށް، ދުރު ރާސްތާގައި އެކަންކަން ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅޭނެ އެވެ.