ENGLISH

26 ނޮވެމްބަރު 2024

ޗައިނާ އެމްބަސީން "ކޫލް ސްކޫލް" މަޝްރޫޢަށް އޭސީ ހަދިޔާކޮށްފި

06 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ޗައިނާގެ ސަފީރު އެކްސަލަންސީ ވަންގް ލިކްސިން

ޗައިނާގެ އެމްބަސީން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ "ކޫލް ސްކޫލް" މަޝްރޫޢުއަށް އެއަރ ކޮންޑިޝަނަރ ހަދިޔާކޮށްފިއެވެ. މި ހަދިޔާ މިއަދު މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢުއަށް ރައްދުކޮށްދެއްވީ ޗައިނާގެ ސަފީރު އެކްސަލަންސީ ވަންގް ލިކްސިންއެވެ.

ހަދިޔާގެ ގޮތުގައި ލިބުނު އެއަރ ކޮންޑިޝަންތައް ބެހެއްޓޭނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ހުޅުމާލޭގައެވެ. މިކަމުގެ ސަބަބުން އެ ސްކޫލުގެ ދަރިވަރުންނަށް ކިޔެވުމަށް މާޙައުލެއް ޤާއިމްވެގެންދާނެއެވެ.

ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއްގައި އެއަރ ކޮންޑިޝަނަރ ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި ހުށަހެޅުއްވި އައު އިނީޝިއޭޓިވްއެކެވެ. މިނިސްޓަރ ޝަފީޢު ވަނީ މި މަޝްރޫޢު ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާނެކަމަށް ކުރިން ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލުތަކެއްގައި އެއަރ ކޮންޑިޝަނަރ ހަރުކުރެވި، ދަރިވަރުންނަށް ފިނިމައިތިރި މާޙައުލެއްގައި ކިޔެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު