ENGLISH
26 ނޮވެމްބަރު 2024
"ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ނައިބް ރައީސް ފައްޓަވައިދެއްވައިފި
05 ނޮވެމްބަރު 2024
ހަށިހެޔޮ ރާއްޖެ ޕްރޮގްރާމް ނައިބް ރައީސް އިފްތިތާހުކޮށްދެއްވަނީ
އެންމެ މަޤްބޫލު
ހަށިހެޔޮ މުޖުތަމަޢެއް ބިނާކުުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމު ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަލްއުސްތާޛް ހުސައިން މުޙައްމަދު ލަޠީފް އިފްތިތާހްކޮށްދެއްވައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ އެކަމަށްޓަކައި ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތުގައެވެ."ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ކުޅިވަރާއި ހަށިހެޔެކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވީ މިއީ ކުޅިވަރުގެ ހަރަކާތްތައް ދެމެހެއްޓެނިވިގޮތަކަށް ކުރިއަށްގެންދިޔުމަށް ފެށި މުހިންމު މަސައްކަތަކެއްކަމަށެވެ.
އަދި މިއީ ސިއްޙަތާއި ދުޅަހެޔޮކަމަށް މުހިންމު ފިޔަވަޅުތަކެއް އެޅޭނެ ޕްރޮގްރާމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ ކުޅިވަރުގެ ހަރަކާތްތަކަކީ އެކަމަށް ފަންނީ މީހުންނާއެކު ހިންގޭ ހަރަކާތްތަކެއް ހެދުންކަމަށް ފާހަގަކުރައްވަމުން ވަޒީރު ވަނީ ކުޅިވަރާއި ކަސްރަތުން ފަންނީ ހުނަރުވެރިކަން ފުޅާކުރުމަށްޓަކައި އެދާއިރާއިން ޒުވާނުން ތަމްރީންކޮށް އާމްދަނީ ހޯދޭނެ ގޮތް ތަނަވަސްކޮށްދިނުމަކީ ސަރުކާރުގެ ވަޢުދެއްކަމަށެވެ.