ENGLISH
05 އޭޕްރީލު 2025
ވަޅިން ޙަމަލާދީ ޒަޚަމްކޮށްލި ސައިފް ޢަލީ ޚާންގެ ޙާލު ދަނީ ރަނގަޅުވަމުން
17 ޖެނުއަރީ 2025
|
އެންމެ މަޤްބޫލު
އިންޑިޔާގެ މަޝްހޫރު ފިލްމީ ތަރި ސައިފް ޢަލީ ޚާން ދިރިއުޅޭ އެޕާޓްމަންޓަށް ވައްކަން ކުރަން ވަތް މީހަކު ވަޅިން ޙަމަލާދީ ސައިފަށް ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާދިނުމަށް ކުރި ބޮޑެތި ސަރޖަރީތަކަށްފަހު، އޭނާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށާއި، މި ވަގުތު ފުރާނައަށް ނުރައްކަލެއް ނެތް ކަމަށް ބުނެފިއެވެ.
މި ޙަމަލާ ދީފައިވަނީ އިންޑިއާގެ މުމްބާއީގައި ޚާން އާއިލާއާއެކު ދިރިއުޅޭ ގެއަށް ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވައްކަން ކުރަން ވަތް މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސައިފްގެ ގައިގެ އެތައް ތަނަކަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވަނީ، ވައްކަން ކުރަން ވަތް މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައެވެ.
އެ ޙަމަލާގައި ސައިފްގެ ކަރަށާއި މައިބަދައަށް ވެސް ވަނީ ވަޅި ހަރައިފައެވެ.
ފިލްމީ ތަރި ކަރީނާ ކަޕޫރާ އެކު ސައިފާއި ދެ ކުދިން ވެސް އެ ވަގުތު ގޭގައި އުޅުނު ކަމަށް ރިޕޯޓުތައް ބުންޏެވެ.
ނަމަވެސް، މި ހާދިސާގައި ކަރީނާ އާއި ދެ ކުދިންނަށް ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.