ENGLISH
19 އޭޕްރީލު 2025
ކެރަމް ޤައުމީ ޓީމުގެ ސިލެކްޝަން ނިންމާލައިފި
13 ޖެނުއަރީ 2025
|
ސިލެކްޝަންގެ ގަދަ 4. ــފޮޓޯ: ސީއޭއެމް
ކެރަމް ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވި އަހަރުގެ ފުރަތަމަ ސިލެކްޝަން ނިންމާލައިފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި މި މަހުގެ ހަވަނަ ދުވަހު ފެށި ސިލެކްޝަންގެ ފަސްވަނަ ބުރުގެ މެޗުތަކަށްފަހު އަންހެން އަދި ފިރިހެން ފަސް ކުޅުންތެރިން ރޭންކު ކުރުމަށް ފަހު ވަނީ ޤައުމީ ސްކޮޑު އެކުލަވާލައިފައެވެ.
ސީއޭއެމް އިން ބުނީ، އެންމެ ފަހުން އެކުލަވާލި ޤައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު 10 ކުޅުންތެރިންގެ އިތުރަށް ނިސްބަތުން ގިނަ ކުޅުންތެރިން އަހަރުގެ ފުރަތަމަ ސިލެކްޝަންގައި ބައިވެރިވެފައިވާ ކަމަށެވެ.
ރޭ ކުޅުނު ފަސްވަނަ ބުރުގެ މެޗުތަކަށްފަހު، ޤައުމީ ޓީމުން ޖާގަ ހޯދީ އިބްރާހިމް ހުޖާން އަލީ، އިސްމާއިލް އަޒްމީން، ހަސަން ނާޒިމް (ނާނަ)، ޚާތިމް ޚަލީލް އާއި މުޙައްމަދު މުންތަސިރު އެވެ.
މި ފަހަރުގެ ޤައުމީ ޓީމުން ޖާގަ ހޯދި އަންހެން ކުޅުންތެރިންނަކީ އައިމިނަތު ވިދާދް، އައިޝަތު ފައިނާޒް، އައިޝަތު ނަހުފާ، އާމިނަތު ޝުބާ އާދަމް އާއި އާމިނަތު ވިޝާމާ އެވެ.
ކޮންމެ ހަތަރު މަހުން އެއް ފަހަރު ޤައުމީ ޓީމުގެ ސެލެކްޝަން ކުރިއަށް ގެންދެއެވެ. އެހެންކަމުން، މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކެރަމްގެ ދެވަނަ ސިލެކްޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އޭޕްރީލް މަހު ބޭއްވުމަށް
ހަމަޖެހިފައިވާ ސިލެކްޝަންގެ މެޗުތަކަށްފަހު ޤައުމީ ޓީމަށް ހޮވޭ ކުޅުންތެރިންނާއެކު
އެކުލަވާލާ 10 ކުޅުންތެރިންގެ ސްކޮޑުން އަންނަ ޖުލައި މަހުގެ ތެރޭގައި
ސިންގަޕޫރުގައި ބާއްވާ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕުގައި ވާދަކުރާނެ އެވެ.