ENGLISH

28 ޑިސެމްބަރު 2025

Advertisement

އެއާޕޯޓުގެ ތާރީހުގައި އެންމެ ބާރު ބޮޑު އެއް ދުވަސް؛ 27،000 އަށްވުރެ ފަސިންޖަރުން ގިނަ

28 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ތެރެއިން

ހަތާވީހަށްވުރެ ގިނަ ފަސިންޖަރުންނާއެކު މިއަދަކީ އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމުގައި މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އިން މިއަދު އެކަނި ހަތާވީސްހާހަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެ ކަމުގައި އެމްއޭސީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

 ޓާމިނަލުން މިއަދު ދޭ ހިދުމަތްތަކުގެ ތެރޭގައި:

  • ވީއައިއޭގެ އިންޓަރނޭޝަނަލް ޓާމިނަލުން 22,142 ފަސިންޖަރުން: އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުން
  • ޑޮމެސްޓިކް ޓާމިނަލުން ޖުމުލަ 4,843 ފަސިންޖަރުން: އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުން
  • 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވޭނެ

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ތެރެއިން

"މިއަދަކީ އެއާޕޯޓުގެ ތާރީހުގައިވެސް އެންމެ ބާރު ބޮޑު އެއް ދުވަސް. ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް، ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް." - އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު

މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަސް ކަމުގައި އެމްއޭސީއެލުން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު