ENGLISH
26 ނޮވެމްބަރު 2024
2025: އައިއެމްއެފްގެ އުސޫލަށް ތައްޔާރުކުރި ފުރަތަމަ ބަޖެޓް
05 ނޮވެމްބަރު 2024
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ
އެންމެ މަޤްބޫލު
އަންނަ އަހަރުގެ ބަޖެޓަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް, އައިއެމްއެފުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ތައްޔާރުކުރި ފުރަތަމަ ބަޖެޓު ކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސާއިދު މުސްތަފާ އެވެ.
ސަރުކާރުގެ ފަރާތުން އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ދައުލަތުގެ ބަޖެޓުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 49.2 ބިލިއަން ރުފިޔާ އެވެ. ޖުމްލަ އެހީގެ ގޮތުގައި ހިލޭ އެހީ ހިމެނޭހެން 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެ އެވެ.
ބަޖެޓުގައި 11.5 ބިލިއަން ރުފިޔާގެ އިސްލާހީ ފިޔަވަޅުތައް ވަނީ ހިމަނާފަ އެވެ. އެ ފިޔަވަޅުތަކާ އެކު ދައުލަތުގެ ހަރަދުން 6.6 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކުޑަކުރާއިރު، އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކާ އެކު، އާމްދަނީއަށް 4.9 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ވެސް ވަނީ އަންދާޒާކޮށްފަ އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ޖަހައިގައި ރޭ ބޭއްވި "ރައްޔިތުންގެ ސައްލާ" ގައި އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސާއިދު ވިދާޅުވީ ބަޖެޓު ތައްޔާރު ކުރުމުގައި ނިޒާމީ ގޮތުން ބަޖެޓު ހެދުމުގަ އާއި ހަރަދުތައް ވަމުން އަންނަ ނިޒާމު ބައްޓަންކޮށްފައިވާ ގޮތް ބަދަލުކޮށް ހަރުދަނާ ކުރުމަށް ޓެކްނިކަލް އަދި ޕޮލިސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.
މިހާރު ބޯމަތިވެފައިވާ ދަރަނިތައް އަދާކުރަން ޖެހެނީ ބޭރު ފައިސާއިން ކަމަށް ވާތީ އެކަން ކުރުމަށް އާމްދަނީ އިތުރު ކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމާ ބޭރު ފައިސާ ލިބޭ އާމްދަނީ ވަސީލަތްތައް އިތުރަށް އާމްދަނީ ލިބޭނެ މަގު ހޯދުމަށް ޓަކައި ރައްޔިތުންނަށް އޭގެ ބުރަބޮޑު ނުވާނެ ފަދަ ގޮތަށް ބައްޓަންކޮށްފައި މި ވަނީ ޓެކްސްއަށް ގެންނަ ބަދަލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅިފައި،" ސާއިދު ވިދާޅުވި އެވެ.
ބަޖެޓު އެކުލަވާލަނީ އެކަމާ ގުޅިގެން އާމްދަނީއަށް އިތުރުވާނެ އަންދާޒާތައް ހިމަނައިގެން ކަމަށެވެ. ގާނޫނު އަސާސީ އާއި މާލިއްޔަތު ގާނޫނުގައި ވަރަށް ތަފުސީލުކޮށް ބަޖެޓުގައި ތިން ކަމެއް ފުރިހަމަވާން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކަމަކީ ހިނގަމުންދާ އަހަރު ނިމޭއިރު ހުންނާނެ ހަރަދާއި އާމްދަނީ އާއި ޖެހިގެން އަންނަ އަހަރަށް ލަފާކުރާ ހަރަދާއި އާމްދަނީ ހިމެނޭ ބަޖެޓެއް ހުށަހެޅުން ކަމަށް ސާއިދު ވިދާޅުވި އެވެ.