ENGLISH
26 ނޮވެމްބަރު 2024
އެމެރިކާގެ އިންތިހާބު: ވޯޓުލާން ފަށާއިރު ދެ ކެންޑިޑޭޓުން ދާދި ހަމަހަމަކޮށް
05 ނޮވެމްބަރު 2024
|
އެންމެ މަޤްބޫލު
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިހާރު ކުރިޔަށްދާއިރު އިންތިހާބުގައި ވާދަކުރާ ރިޕަބްލިކަން ޕާޓީ އަދި ޑިމޮކްރެޓް ޕާޓީގެ ކެންޑިޑޭޓުންގެ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކަމަލާ ހެރިސްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ކާބޯތަކެއްޗާއި ހައުސިންގެ ޚަރަދުތައް ކުޑަކޮށްދެއްވާނެކަމަށް ވައުދުވެފައިވެ އެވެ. އިދިކޮޅު ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބޯޑަރު ބަންދުކޮށް ޓެކްސްގެ އަގު ދަށްކޮށްދޭނެކަމަށް ވައުދުވެފައެވެ.
ޓްރަމްޕްގެ ކެމްޕެއިން ނިންމާލެއްވީ މިޝިގަންގައި ދިން ސްޕީޗަކުންނެވެ.
ކަމަލާގެ ކެމްޕޭން ނިންމަވާލެއްވީ ސްވިންގް ސްޓޭޓެއް ކަމަށްވާ ޕެންސިލްވޭނިއާ އިންނެވެ. ކެމްޕޭން ނިންމުމުގެ ހަރަކާތުގައި ޕޮޕް ސްޓާ ލޭޑީ ގާގައި ބައިވެރިވި އެވެ.
ސްވިންގް ސްޓޭޓްތަކުގެ ތެރޭން ނެވާޑާ، ޖޯޖިއާ، ނޯތު ކެރޮލީނާ އަދި އެރިޒޯނާގައި ކުޑަ ތަފާތަކުން ޓްރަމްޕް ކުރީގައި އުޅުއްވާ ކަމަށް އެންމެ ފަހުގެ ޕޯލްތަކުން ދައްކާފައިވެ އެވެ. ވިސްކޮންސިން އާއި މިޝިގަން އިން ކުޑަ ފަރަގަކުން ކުރީގައި އުޅުއްވަނީ ކަމަލާ އެވެ. ޕެންސިލްވޭނިއާގެ ޚިޔާލު ހޯދުންތަކުން ދައްކާ ގޮތުގައި ދެ ކެންޑިޑޭޓުން ވެސް އުޅުއްވަނީ ވަރަށް ހަމަހަމަކޮށެވެ.
ޕެންސިލްވޭނިއާ އަކީ ނަތީޖާ ނެރުމަށްޓަކައި ދެ ކެންޑިޑޭޓުންނަށް ވެސް މުހިންމު ސްޓޭޓެކެވެ. އެމެރިކާގެ އިންތިޚާބުގެ ނަތީޖާ ކަނޑައަޅާ އިލެކްޓޯރަލް ވޯޓުގެ 538 ވޯޓުގެ ތެރޭން 19 ވޯޓު ހިއްސާ ކުރަނީ އެ ސްޓޭޓެވެ. ތޭރަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޕެންސިލްވޭނިއާގެ އިލެކްޓޯރަލް ވޯޓު 2020 ވަނަ އަހަރުގެ އިންތިޚާބުގައި ކާމިޔާބު ކުރެއްވީ ޑިމޮކްރެޓިކް ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޖޯ ބައިޑަން އެވެ. އެމަނިކުފާން އެ ސްޓޭޓުން ކުރި ހޯއްދެވީ 82،000 ވޯޓުންނެވެ.
މިޝިގަން ވެސް 15 އިލެކްޓޯރަލް ވޯޓު ހިއްސާ ކުރެ އެވެ. މިޝިގަން ކުރިން މަޝްހޫރުވެފައި ވަނީ ޑިކޮކްރެޓިކް ކެންޑިޑޭޓަށް ތާއީދު އޮންނަ ނޫ ސްޓޭޓުގެ ގޮތުގަ އެވެ. ނަމަވެސް 2016 ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕް ވަނީ މިޝިގަން ކާމިޔާބު ކުރައްވައިފަ އެވެ.
ދިހަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ މިޝިގަންގެ ވޯޓު 2020 ވަނަ އަހަރު ކާމިޔާބު ކުރެއްވީ ބައިޑަން އެވެ. އެއީ ޓްރަމްޕަށް ވުރެ 150،000 ވޯޓު އިތުރަށް ހޯއްދަވައިގެންނެވެ.