ENGLISH
19 އޭޕްރީލު 2025
ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ދިފާޢުކޮށްފި
11 ޖެނުއަރީ 2025
|
މުބާރާތުގައި ސިފައިން ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އެމްއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރޭ ކުލަބު އެޗްޑީސީ ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބުން އެ މުބާރާތުގެ ތަށި ދިފާޢުކޮށްފިއެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދީ ވެސް ފައިނަލްގައި އެޗްޑީސީ ބަލިކޮށްގެންނެވެ.
މި ދެ ޓީމު އެންމެ ފަހުން މި މުބާރާތުގެ ފައިނަލްގައި ވާދަކުރި ފަހަރެކޭ އެއްފަދައިން ރޭގެ މެޗުން ވެސް ސިފައިން މޮޅުވީ 3-1 ސެޓުންނެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓުގައި އެޗްޑީސީން ކުރިހޯދީ 25-17 އިންނެވެ. ނަމަވެސް، ސިފައިން ވަނީ ދެންޖެހިގެން އައި ތިން ސެޓު 25-21، 25-16، އަދި 25-23 ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރައްޒާން އެވެ.
ފައިނަލް މެޗަށްފަހު، ޤައުމީ ޗެމްޕިއަންކަން ހޯދީ ސިފައިންނަށް ޓްރޮފީ އާއި މެޑެލް ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، ޢަބްދުالله ރާފިޢު އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންނަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ ހުސައިން ރައްޒާން އާއި ހުސައިން ޝާހިދުގެ އިތުރުން، ކުލަބު އެޗްޑީސީގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ސިފައިންގެ ކުލަބުގެ މުޙައްމަދު ހަމަދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ ސިފައިންގެ ކުލަބުގެ މުމްތާޒް އަލީ އެވެ. މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ބްލޫސް ފޯރ ވޮލީބޯލްގެ އަހުމަދު އިލްހާމް އަލީ އެވެ.