ENGLISH

04 ޖޫން 2025

Advertisement

ޤައުމީ ފައިނަލްގައި ސިފައިންނާއި އެޗްޑީސީގެ ކުރިމަތިލުމެއް

10 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ސެމީގައި ސިފައިންނާ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އަމަން ލަޠީފް / އެމްއެމް

ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ސްޕޯޓްސް ކުލަބު ސިޓީ ބަލިކޮށް، ދިވެހި ސިފައިންގެ ކުލަބު, އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މީގެކުރީން، މި މުބާރާތުގެ ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސިޓީ ވަނީ ސީދާ ތިން ސެޓުން ސިފައިން ބަލިކޮށްފައެވެ.

މުބާރާތުގެ ލީގު ބުރަށް ފަހު ދެވަނަ އާއި ތިން ވަނަ ޓީމުގެ މެދުގައި ރޭ ކުޅުނު ސެމީގެ މެޗުން ސިފައިން މޮޅުވީ ސީދާ ތިން ސެޓުންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭގެ ކޯޓުގައި ރޭ ކުޅުނު މި މެޗުގެ ސެޓުތައް ސިފައިން ކާމިޔާބުކުރީ، 25-22، 25-22، އަދި 25-15 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބުގެ އަހުމަދު ރައްޒާން އެވެ.

މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ މިރެ އެވެ. އެ މެޗުގައި ކުލަބު އެޗްޑީސީ ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ. 

ކިޔުންތެރިންގެ ހިޔާލު