ENGLISH

04 ޖޫން 2025

Advertisement

ރޮނާލްޑޯ އާއި މާނޭގެ އެހީގައި އަލް ނަސްރު މޮޅުވެއްޖެ

10 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އަލް ނަސްރު އަށް ލަނޑުޖަހައިދިނުމަށްފަހު ރޮނާލްޑޯ (ވ) އާއި މާނޭ އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ސަޢޫދީ ޕްރޯ ލީގުގައި ރޭ ކުޅުނު މެޗުގައި އަލް އުޚްދޫދު 3-1 އިން ބަލިކޮށް، އަލް ނަސްރުން އާ އަހަރު މޮޅަކާއެކު ފަށައިފިއެވެ.

ރިޔާދުގައި ހުންނަ އަލް-އައްވަލް ޕާކުގައި ރޭ ކުޅުނު މި މެޗު ފެށިތާ ހަވަނަ މިނެޓުގައި އަލް-އުޚްދޫދަށް ލީޑު ނަގައިދިނީ ސޭވިއާ ގޮޑްވިން އެވެ.

މި މެޗުގައި އަލް ނަސްރުން އެއްވަރުކުރި ލަނޑު، 29 ވަނަ މިނެޓުގައި ޖަހައިދިނީ ލިވަޕޫލްގެ ކުރީގެ ފޯވާޑް، ސަޑިއޯ މާނޭ އެވެ. އަދި އޭގެ ފަހުން، މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އަލް ނަސްރަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުންނެވެ. ރޮނާލްޑޯ މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް މާނޭ ވަނީ އިތުރު ލަނޑެއް ޖަހައި އަލް ނަސްރަށް މޮޅު ކަށަވަރުކޮށްދީފައެވެ.

މި ނަތީޖާއާ އެކު އަލް ނަސްރު ވަނީ ލީގުގެ ތިންވަނަ އަަށް ޖެހިލައިފައެވެ. އެ ޓީމަށް 14 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އެންމެ ކުރީގައި އުޅޭ އަލް އިއްތިހާދާއި އަލް ނަސްރާ ދެމެދު 8 ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. އަލް އިއްތިހާދު އެއްވަނައިގައި އުޅެނީ 13 މެޗުން 36 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އަލް ހިލާލަށް 13 މެޗުން ލިބިފައިވަނީ 34 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު