ENGLISH

04 ޖޫން 2025

Advertisement

ބިލްބާއޯ ބަލިކޮށް ބާސާ ސުޕަ ކަޕް ފައިނަލަށް

09 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ބިލްބާއޯއާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލްގައި އެތުލެޓިކް ބިލްބާއޯ 2-0 އިން ބަލިކޮށް ބާސެލޯނާ, އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ ސުޕަ ކަޕްގެ ފައިނަލްގައި ބާސެލޯނާ، ޖެހިޖެހިގެން ކުޅޭ ތިންވަނަ ފަހަރެވެ. މުބާރާތުގެ ތަށި 14 ފަހަރު އުފުލާލައިގެން އެންމެ ކާމިޔާބު ޓީމަކީ ވެސް ބާސެލޯނާ އެވެ.

ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އިން ލީޑު ނެގީ 17 ވަނަ މިނެޓުގައި ސްޕެއިނުގެ މިޑްފީލްޑަރު، ގަވީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޕެޑްރީ އާއި އަލެހަންދްރޯ ބާލްޑޭ ގުޅިގެން އުފެއްދި އެޓޭކަކުން ގަވީ ކާމިޔާބުކުރި ގޯލެކެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތްވަނަ މިނެޓުގައި ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދިނީ ލަމީން ޔަމާލް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ބާސެލޯނާގެ ފުރަތަމަ ލަނޑު ޖަހައިދިން ގަވީ އެވެ.

މިއީ ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން ބާސެލޯނާ އެންމެ ފަހުން ކުޅުނު ދެ މެޗު ގެއްލުނު ޔަމާލް އަނިޔާއިން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގައި ބިލްބާއޯގެ އޮސްކާ ޑެ މާކޯސް އާއި އިނާކީ ވިލިއަމްސް އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޮފްސައިޑް ކަމަށް ނިންމާ އެ ދެ ލަނޑު ވެސް ބަލައިނުގަތެވެ.

މުބާރާތުގެ ފައިނަލްގައި ބާސެލޯނާ ނުކުންނަންޖެހޭނީ މިރޭ ކުޅޭ ދެވަނަ ސެމީގައި ރެއާލް މެޑްރިޑާއި މަޔޯކާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ. ސުޕަ ކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު