ENGLISH

04 ޖޫން 2025

Advertisement

ޤައުމީ ކެރަމް ރޭންކިންގެ އެއްވަނަ މަގާމު ހުޖާން އާއި ވިދާދު އަށް

08 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

އެންމެ ފަހުގެ އޭޝިއަން ކެރަމް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހުޖާން (ކ) އާއި ވިދާދު ކުޅެނީ. --ފޮޓޯ: ސީއޭއެމް

ކެރަމް ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބޭއްވި ސިލެކްޝަންގެ ފުރަތަމަ ބުރުގެ މެޗުތަކަށް ފަހު އިބްރާހިމް ހުޖާން އަލީ އާއި އައިމިނަތު ވިދާދު ރޭންކިންގެ އެއްވަނަ މަގާމު ހޯދައިފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ހުންނަ މާލޭ ކެރަމް ހޯލްގައި ކުރިއަށްދާ ސިލެކްޝަންގައި އެންމެ ފަހުން އެކުލަވާލި ޤައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު 10 ކުޅުންތެރިންގެ އިތުރަށް ނިސްބަތުން ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.

ކެރަމް ސިލެކްޝަންގައި ރޭ ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަމަ ބުރުގެ ފައިނަލްގައި ހުޖާން ވަނީ އާދަމް އަދީލް ބަލިކޮށްފައެވެ. އޭގެކުރީން، ސެމީގަައި ހުޖާން ވަނީ ޤައުމީ ޗެމްޕިއަންކަން އެންމެ ގިނަ ފަހަރު ހޯދާފައިވާ ހަސަން ނާޒިމް (ނާނަ) އަތުން މޮޅުވެފައެވެ.

ރޭ ކުޅުނު އަންހެން ޑިވިޝަނުގެ ފުރަތަމަ ބުރުގެ ފައިނަލްގައި އައިޝަތު ފައިނާޒް އަތުން ވިދާދު މޮޅުވިއިރު، ސެމީގައި ވިދާދު ވަނީ ފާތިމަތު ރަޔާނާ ބަލިކޮށްފައެވެ.

ސިލެކްޝަންގައި މިރޭ ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ދެވަނަ ބުރުގެ ކުއާޓަރ، ސެމީ އާއި ފައިނަލް މެޗުތަކެވެ.

ކިޔުންތެރިންގެ ހިޔާލު