ENGLISH

04 ޖޫން 2025

Advertisement

އަންނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ޑެޝޯމްޕްސް މަގާމުން ވަކިވަނީ

08 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. --ފޮޓޯ: ޔުއެފާ

ދެހާސް ސައްބީސް ވަނަ އަހަރުގެ ވޯލްޑް ކަޕަށްvފަހު ފްރާންސްގެ ކޯޗުގެ މަގާމުން ވަކިވާނެ ކަމަށް ޑިޑިއޭ ޑެޝޯމްޕްސް ބުނެފިއެވެ.

ޑެޝޯމްޕްސް މިހެން ބުނީ، ޓީއެފްވަން އަށް ދިން އިންޓަވިއުއެއްގައެވެ.

އުމުރުން 56 އަހަރުގެ ޑެޝޯމްޕްސް ވަނީ، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕަށް ފަހު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނެ ކަމަށާއި، ފްރާންސްގެ ކޯޗުގެ މަސްއޫލިއްޔަތު ގިނަ އަހަރުތަކެއް ވަންދެން އަދާކޮށްފައިވާ ކަމަށެވެ.

ޑެޝޯމްޕްސް ބުނީ، 2012 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ވެސް ހުރީ ފްރާންސްގެ ކޯޗުގެ މަގާމުގައި ކަމަށާއި، ކޮންމެ ކަމަކަށް ވެސް ފެށުމަކާއި ނިމުމެއް އޮންނަ ގޮތަކަށް އޭނާގެ ދައުރު ވެސް ނިންމާލަން ޖެހޭ ކަމަށެވެ.

މިއަދާ ހަމައަށް އައިއިރު ވެސް ބަދަލުވުމެއް ނެތި ފްރާންސް ޓީމު އެންމެ މަތީ ލެވެލްގައި ހިފެހެއްޓުމަށް ޝައުޤުވެރިކަމާއެކު ފޯރީގައި މަސައްކަތްކޮށްފައިވާ ކަމަށާއި، އޭނާގެ ދައުރު ނިންމާލަން އެންމެ ރަނގަޅު ވަގުތަކީ 2026 ވަނަ އަހަރު ކަމަށް ވެސް ޑެޝޯމްޕްސް ބުންޏެވެ.

މީގެކުރީން، ކުޅުންތެރިއެއްގެ ގޮތުގައި 1998 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޑެޝޯމްޕްސް ވަނީ، 2018 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް، ފްރާންސަށް ކޯޗެއްގެ ގޮތުގައި ވެސް، އެ ތަށި އުފުލާލައިފައެވެ.

ޑެޝޯމްޕްސް އާއެކު ފްރާންސުން ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން އާޖެންޓީނާ އަތުން ބަލިވެފައެވެ. އޭގެފަހުން، ކުޅުނު ޔޫރޯ 2024 ގައި ޗެމްޕިއަންކަން ހޯދި ސްޕެއިން އަތުން ބަލިވީ ސެމީ ފައިނަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު