ENGLISH

04 ޖޫން 2025

Advertisement

ވިނީޝިއުސް އަށް ދެ މެޗުގެ ސަސްޕެންޝަނެއް، ސުޕަ ކަޕްގައި ކުޅެވޭނެ

08 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ވެލެންސިއާއާ ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ރޮއިޓާސް

ސްޕެނިޝް ލީގުގައި އެންމެ ފަހުން ވެލެންސިއާ އަތުން 2-1 އިން މޮޅުވި މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، ރެއާލް މެޑްރިޑްގެ ވިންގް، ވިނީޝިއުސް ޖޫނިއާ އަށް ދެ މެޗުގެ ސަސްޕެންޝަނެއް އަތުވެއްޖެއެވެ.

ވެލެންސިއާގެ ދަނޑުގައި ރެއާލް ކުޅުނު އެ މެޗުގެ 79 ވަނަ މިނެޓުގައި ވިނީޝިއުސް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

ވިނީޝިއުސް އަށް ރަތް ކާޑު ދެއްކީ ވެލެންސިއާގެ ކީޕަރު، ސްޓޯލް ޑިމިޓްރިއޭވްސްކީއާ ދެމެދު ހިނގި ހަމަނުޖެހުމަކަށްފަހު އޭނާގެ ކަރުގައި ހިފުމުންނެވެ. ރެފްރީ މި ނިންމުން ނިންމާފައިވަނީ ވީއޭއާރް އިން ބެލުމަށްފަހު އެވެ.

އުމުރުން 24 އަހަރުގެ ވިނީޝިއުސް ދެ މެޗަށް ސަސްޕެެންޑްކޮށްފައިވާކަން ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

ވިނީޝިއުސްގެ ރަތް ކާޑާ ގުޅިގެން ރެއާލުން އެޕީލްކުރި ނަމަވެސް، ސްޕެއިނުގެ އެފްއޭ އިން ވަނީ، ދެ މެޗަށް ސަސްޕެންޑްކޮށް، ކުރިއަށް އޮތް ސްޕެނިޝް ސުޕަ ކަޕް މެޗުގައި ކުޅުމުގެ ހުއްދަ ދީފައެވެ.

އެންމެ ފަހުގެ ލީގު ޗެމްޕިއަން، ރެއާލް މި ވަގުތު އޮތީ ތާވަލްގެ އެންމެ ކުރީގައެވެ. އެ ޓީމަށް 19 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު