ENGLISH
10 އޭޕްރީލު 2025
ޗައިނާގެ ޓިބެޓް ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި 53 މީހަކު މަރުވެއްޖެ
07 ޖެނުއަރީ 2025
|
ޗައިނާގެ ޓިބެޓް ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 53 މީހަކު މަރުވެފައިވާ ކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
ނޭޕާލުގެ ބޯޑަރު ކައިރީގައި އޮންނަ ޑިންގްރީ ކައުންޓީއަށް 7.1 މެގްނިޓިޔުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި އެ ސަރަޙައްދުގެ ގިނަ އިމާރާތްތަކެއް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ބިންހެލުމުގެ އަސަރު، ނޭޕާލުގެ ބައެއް ސަރަޙައްދުތަކަށް ވެސް ކުރި ކަމަށް ބުނެފައިވެއެވެ.
ޗައިނާގެ ޒިންހުއާ ނޫހުން ބުނީ، ބިންހެލުމުގައި ލިބިފައިވާ ގެއްލުންތައް ދެނެގަތުމަށް އެ ސަރަޙައްދުގައި ހުރި އަވަށްތަކާ ގުޅައިގެން މަޢުލޫމާތު ސާފުކުރުމުގެ މަސައްކަތް ކަމާގުޅޭ އިދާރާތަކުން ކުރަމުންދާ ކަމަށެވެ.
ފަރުބަދަމަތީގެ ސަރަޙައްދެއް ކަމަށްވާ ޓިބެޓުގައި 62،000 މީހުންގެ އާބާދީއެއް ދިރިއުޅެއެވެ. އެ ސަރަޙައްދަކީ ބިންހެލުންތައް އާންމު ސަރަޙައްދެއް ނަމަވެސް، މިއަދުގެ ބިންހެލުމަކީ ފާއިތުވި ފަސް އަހަރުގެ ތެރޭގައި، ޓިބެޓަށް އައި އެންމެ ބާރުފަދަ ބިންހެލުމެވެ.