ENGLISH
04 ޖޫން 2025
ކެރަމް ޤައުމީ ޓީމުގެ ސިލެކްޝަން ފަށައިފި
07 ޖެނުއަރީ 2025
|
ރޭ ފެށި ކެރަމް ޤައުމީ ޓީމުގެ ސިލެކްޝަންގެ ތެރެއިން. --ފޮޓޯ: އެމްއެމް
ކެރަމް ޤައުމީ ޓީމަށް ކުޅުންތެރިން ނެގުމަށް ބާއްވާ އަހަރުގެ ފުރަތަމަ ސިލެކްޝަން ފަށައިފިއެވެ.
މާލޭގައި ހުންނަ ކެރަމް ހޯލްގައި ރޭ ފެށި ސިލެކްޝަންގައި އެންމެ ފަހުން އެކުލަވާލި ޤައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު 10 ކުޅުންތެރިންގެ އިތުރަށް ނިސްބަތުން ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
ކެރަމް ސިލެކްޝަންގައި ރޭ ކުޅުނު މެޗުތަކަށް ފަހު ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގެ ސެމީ ފައިނަލްގެ ޖާގަތައް ވަނީ ކަށަވަރުވެފައެވެ. ރޭގެ ކުއާޓަރ ފައިނަލް މެޗުތަކުން މޮޅުވެ، އާދަމް އަދީލް، މުޙައްމަދު މުންތަސިރު އާއި ހަސަން ނާޒިމް (ނާނަ) އަދި އިބްރާހިމް ހުޖާން އަލީ ވަނީ ސެމީ އަށް ދަތުރުކޮށްފައެވެ.
ރޭ ކުޅުނު އަންހެން ޑިވިޝަނުގެ މެޗުތަކަށްފަހު އައިމިނަތު ވިދާދު، ފާތިމަތު ރަޔާނާ އާއި އައިޝަތު ފައިނާޒް އަދި އައިޝަތު ނަހުފާ ވަނީ ސެމީން ޖާގަ ހޯދާފައެވެ.
ސިލެކްޝަންގައި މިރޭ ކުރިއަށްދާނީ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރުގެ ސެމީ އާއި ފައިނަލް މެޗުތަކެވެ. މީގެއިތުރުން، މި ދެ ޑިވިޝަނުގެ ދެވަނަ ބުރުގެ މެޗުތައް ވެސް މިރޭ ކުޅުމަށް ހަމަޖެހިފައިވެއެވެ.