ENGLISH
04 ޖޫން 2025
އެޗްޑީސީ ދެވަނަ މެޗުން މޮޅުވިއިރު، ސިފައިން އަތުން ސިޓީ މޮޅުވެއްޖެ
07 ޖެނުއަރީ 2025
|
މީގެކުރީން ސިޓީ ކުޅުނު މެޗެއްގެ ތެރެއިން. --ފޮޓޯ: އެމްއެމް
ޤައުމީ ވޮލީބޯލް ޗެމްޕިއަންޝިޕްގައި ކުލަބު އެޗްޑީސީން ދެވަނަ މޮޅު ހޯދިއިރު، ދިވެހި ސިފައިން ކުލަބު އަތުން ސްޕޯޓްސް ކުލަބު ސިޓީ މޮޅުވެއްޖެއެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގައި ސިފައިން އަތުން ސިޓީ މޮޅުވީ ސީދާ ތިން ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ސިޓީ ކާމިޔާބުކުރީ 25-19، 25-19، އަދި 25-19 އިންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ ދުރޫވިލް ނަޔަންބާއި ޕަޓޭލް އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި އެޗްޑީސީން ވަނީ ސީދާ ތިން ސެޓުން ބްލޫސް ފޯރ ވޮލީބޯލް ބަލިކޮށްފައެވެ.
އެޗްޑީސީން މި މެޗުގެ ސެޓުތައް ގެންދިޔައީ، 25-21، 25-17، އަދި 25-21 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އެޗްޑީސީގެ ސެޓަރު، އަލީ ނިމާލް އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި އެޗްޑީސީ ނުކުންނާނީ ސިފައިންނާ ދެކޮޅަށެވެ.