ENGLISH
10 އޭޕްރީލު 2025
ލުބްނާނަށް ޙަމަލާދިނުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން ތަކުރާރުކޮށް ޚިލާފުވަމުންދާކަމަށް އދ.އިން ބުނެފި
05 ޖެނުއަރީ 2025
|
ލުބްނާނަށް ޙަމަލާދިނުން ހުއްޓައިލުމަށް ހަނގުރާމަވެރި ޖަމާޢަތް ޙިޒްބުﷲ އާ އެކު ވެފައިވާ އެއްބަސްވުމާ ތަކުރާރުކޮށް އިޒްރޭލުން ޚިލާފުވަމުންދާ ކަމަށް އދ.ގެ ސުލްޙަ ބަލަހައްޓައި ފައުޖުން ބުނެފިއެވެ.
ޙިޒްބުالله އާއި އިޒްރޭލު ސިފައިންނާ ދެމެދު ޙަމަލާތައް ބަދަލު ކުރަން ފަށާފައި ވަނީ ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލު ނައްތާލަން ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ.
ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅަން ފަށާފައެވެ.
އެއާ އެކު އެމެރިކާ މެދުވެރިގެން، 60 ދުވަހަށް ޙަމަލާތައް ބަދަލުކުރުން މެދުކަނޑައިލަން ދެ ފަރާތުން އެއްބަސްވެފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ނަމަވެސް، ލުބްނާނުގައި ސުލްޙަ ބަލަހައްޓަން ތިބި އދ.ގެ ފައުޖު (ޔުނިފިލް)އިން ބުނީ، އިޒްރޭލު ސިފައިން ދަނީ އެ އެއްބަސްވުމާ ޚިލާފަށް ޢަމަލުކުރަމުން ކަމަށެވެ.
އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން ޢަމަލުކުރަމުންދާނަމަ، ބަލަހައްޓައިގެން ނުތިބޭނެކަމުގެ އިންޒާރު ޙިޒްބުﷲ އިން ވެސް ވަނީ ދީފައެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ދިޔަ ޢުދުވާނުގައި އާންމުންގެ 3،800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.