ENGLISH
10 އޭޕްރީލު 2025
ޕާކިސްތާނުގެ ހަނގުރާމަވެރިން ދިން ބޮމުގެ ޙަމަލާއެއްގައި ހަ މީހަކު މަރުވެއްޖެ
05 ޖެނުއަރީ 2025
|
ޕާކިސްތާނުގެ ހަމަނުޖެހުން ބޮޑު ބަލޮޗިސްތާނު ސަރަޙައްދުތަކުގައި ސިފައިންގެ ބަޔަކު ދަތުރުކުރި ބަހަކަށް އަމާޒުކޮށް ދިން ބޮމުގެ ޙަމަލާއެއްގައި ހަ މީހަކު މަރުވެއްޖެއެވެ.
ސިފައިންގެ ބަޔަކު ގޮވައިގެން އެ ބަސް ދަތުރުކުރަމުންދިޔައީ ކަރާޗީން ތުރުބާތު ސިޓީއަށެވެ.
އެ ޙަމަލާގައި ހަ މީހަކު މަރުވެފައިވާއިރު، އޭގެތެރޭގައި އާންމުން ވެސް ހިމެނޭ ކަމަށް ފުލުހުންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.
ޖާނުންފިދާވެގެން ދިން މި ޙަމަލާގައި، އިތުރު 25 މީހަކު ޒަޚަމްވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ޙަމަލާގެ ޒިންމާ، އެ ސަރަޙައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާޢަތް، ބަލޮޗިސްތާނު ލިބަރޭޝަން އާމީ (ބީއެލްއޭ)އިން ވަނީ ނަގައިފައެވެ.
ފާއިތުވި މަސްތަކުގައި، ޚައިބަރު ޕަޚްތުންޚުވާ އާއި ބަލޮޗިސްތާނުގެ ސަރަޙައްދުގައި ހަނގުރާމަވެރި ޖަމާޢަތްތަކުން ޕާކިސްތާނުގެ އަސްކަރިއްޔާއާ ދެކޮޅަށް ޙަމަލާތައް ވަނީ އެތައް ގުނައެއް އިތުރުވެފައެވެ.
މި ހަމަލާތަކުގައި 1،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެތެރޭގައި ގިނައީ އާންމުންނާއި ސަލާމަތީ ޚިދުމަތްތަކުގެ މީހުންނެވެ.