ENGLISH
10 އޭޕްރީލު 2025
އިޒްރޭލަށް 8 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކަން އެމެރިކާއިން ނިންމައިފި
05 ޖެނުއަރީ 2025
|
އެމެރިކާގެ ރައީސް ޖޯ ބައިޑަން.
އިޒްރޭލުގެ އިސްތިޢުމާރީ ފައުޖަށް އަށް ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ޕްލޭނެއް، އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން އެ ޤައުމުގެ ކޮންގްރެސްއަށް ހުށަހަޅާފައިވާ ކަމަށް ބައެއް މަސްދަރުތަކުން ބުނެފިއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ދުރު ސަރަޙައްދުތަކަށް ޙަމަލާދިނުމުގެ ޤާބިލުކަން އިތުރުކުރުމަށް ރޮކެޓާއި މިސައިލް އިޒްރޭލަށް ފޯރުކޮށްދިނުމަށް އަށް ބިލިއަން ޑޮލަރުގެ ޕްލޭނެއް ހުށަހަޅާފައި ކަމަށް އޮފިޝަލަކު ވިދާޅުވެފައިވެއެވެ.
ޙަމާސް ޖަމާޢަތާ ދެކޮޅަށް ކަމަށް ބުނެ، އޮކްޓޯބަރު 2023 ގައި އިޒްރޭލުން ޣައްޒާއަށް ޙަމަލާތައް ދޭން ފެށި ފަހުން، އެމެރިކާއިން ވަނީ އެތައް ބިލިއަން ޑޮލަރުގެ ހަތިޔާރު ފޯރުކޮށްދީފައެވެ.
އަދި ވެރިކަން ނިމި، އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ހުވާކުރެއްވުމުގެ ކުރިން، އިޒްރޭލަށް އަސްކަރީ އެހީ ފޯރުކޮށްދިނުމަށް ބައިޑެން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ނަމަވެސް، އިޒްރޭލުގެ ލާއިންސާނީ ޙަމަލާތަކުގައި ޣާއްޒާގައި ދިރިއުޅޭ އެތައް ހާސް އާންމު ރައްޔިތުން ޝަހީދުވަމުންދާއިރު، އެތެރެއިންނާއި ބޭރުން ވެސް އިޒްރޭލަށް އެހީވުމަށް އެމެރިކާއަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ.
ޣައްޒާއަށް ޔަހޫދީ ފައުޖުން ޙަމަލާތައް ދެމުން އަންނަތާ 14 މަސް ދުވަސް ވެފައިވާއިރު، އެ ޙަމަލާތަކުގައި ފަލަސްތީނުގެ މައުސޫމް 45،000 މީހަކު ވަނީ ޝަހީދުވެފައެވެ.
ޝަހީދުވި މީހުންގެ ތެރެއިން 70 ޕަސެންޓަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ.އިން ވަނީ ބުނެފައެވެ.