ENGLISH

04 ޖޫން 2025

Advertisement

ކޮޕަ ޑެލް ރޭ: ބާސާ އާއި އެތުލެޓިކޯ ގަދަ 16 ގެ ބުރަށް

05 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު ބާސާގެ ފޯވާޑް، ލެވަންޑޯސްކީ (ކ) އެ ޓީމުގެ އެހެން ކުޅުންތެރިންނާއެކު އުފާ ފާޅުކުރަނީ. --ފޮޓޯ: ބާސެލޯނާ

ކޮޕަ ޑެލް ރޭ ގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ، ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑް އެ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފިއެވެ.

ސްޕެއިނުގެ ހަތަރުވަނަ ޑިވިޝަނުގެ ބާބަސްޓްރޯ އަތުން ބާސެލޯނާ މޮޅުވީ 4-0 އިންނެވެ.

ރޭގެ މެޗުގައި ބާސެލޯނާ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ޕޮލެންޑްގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީ އެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ޖަހައިދިނީ އެރިކް ގާސިއާ އާއި ޕަބްލޯ ޓޯރޭ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، މި ވަގުތު ރަނގަޅު ފޯމެއްގައި އޮތް އެތުލެޓިކޯ އިން ވަނީ، ރަށުން ބޭރުގައި ތިންވަނަ ޑިވިޝަނުގެ މަރބެލާ އަތުން 1-0 އިން މޮޅުވެފައެވެ.

އެތުލެޓިކޯ އިން މި ސީޒަނުގައި ޖެހިޖެހިގެން މޮޅުވި 13 ވަނަ މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ.

ކިޔުންތެރިންގެ ހިޔާލު