ENGLISH

18 އޭޕްރީލު 2025

Advertisement

އިޓާލިއަން ސުޕަ ކަޕް: މިލާނުގެ ދެ ކުލަބުގެ ފައިނަލެއް

04 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޔުވެންޓަސް ކޮޅަށް ލަނޑުޖެހުމަށްފަހު މިލާންގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ޔުވެންޓަސް 2-1 އިން ބަލިކޮށް، އިޓާލިއަން ސުޕަ ކަޕްގެ ފައިނަލަށް އޭސީ މިލާން ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލްގައި މިލާން ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން، އިންޓަރ މިލާންއާ ދެކޮޅަށެވެ. މިއީ ހަތަރު ޓީމު ވާދަކުރާ ފޯމެޓަށް ބަދަލުކުރި ފަހުން ފައިނަލެއްގައި މި ދެ ޓީމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރި 2022 ވަނަ އަހަރުގެ ފައިނަލުން އިންޓަރ މޮޅުވީ 3-0 އިންނެވެ.

މިލާންގެ އައު ކޯޗު، ސާޖިއޯ ކޮންސެސާއޯގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކުރީ ފަހު ހާފުގެ ހަތަރު މިނެޓުގެ ތެރޭގައި ވައްދާލި ދެ ލަނޑުންނެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާދުގައި ހުންނަ އަލް-އައްވަލް ޕާކުގައި ރޭ ކުޅުނު މެޗު ފެށިގެން 21 ވަނަ މިނެޓުގައި ލީޑު ނެގީ ޔުވެންޓަސް އިންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތުރުކީގެ ފޯވާޑް، ކެނާން ޔިލްޑީޒް އެވެ.

މިލާނުން އެއްވަރުކުރި ލަނޑު، 71 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ. މިއީ ޕެނަލްޓީ އޭރިޔާ ތެރެއިން ތިއޯ ހެނާންޑޭޒް އަށް ޔުވެންޓަސްގެ ނިކޮލޯ ސަވޯނާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ހަތަރު މިނެޓު ފަހުން، މިލާނުން ކާމިޔާބުކުރި ދެވަނަ ގޯލަކީ ޔުވެންޓަސްގެ ފެޑެރީކޯ ގައްޓީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މިއީ މިލާންގެ ޔޫނުސް މޫސާ ނަގައިދިން ހުރަހެއް ޔުވެންޓަސްގެ ގައްޓީ ދިފާއުކުރަން އުޅުމުގެ ތެރޭގައި އޭނާގެ ގައިގައި ޖެހިފައި ވަތް ގޯލެކެވެ.

ކިޔުންތެރިންގެ ހިޔާލު