ENGLISH
10 އޭޕްރީލު 2025
ސަޢޫދީއަށް ފަހު، ސޫރިޔާގެ ޚާރިޖީ ވަޒީރު ޤަތަރާއި، ޖޯޑަން އަދި ޔޫއޭއީއަށް
04 ޖެނުއަރީ 2025
|
މެދުއިރުމަތީގެ ތާއީދާއި އެހީ ހޯދުމަށް، ސަޢޫދީ އަރަބިއްޔާއަށް ކުރި ދަތުރަށް ފަހު، ޤަތަރާއި ޖޯޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ) އަށް ދިޔުމަށް ނިންމާފައިވާކަން، ސޫރިޔާގެ އިންތިޤާލީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަސްޢަދު ޙަސަން އަލް ޝަޔިބާނީ އިޢުލާނުކޮށްފިއެވެ.
ސޫރިޔާގައި މި ވަގުތު ވެރިކަން ކުރަމުން ދަނީ ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް) އިން ޤާއިމު ކޮށްފައިވާ ވަގުތީ ސަރުކާރަކުންނެވެ. އެޗްޓީއެސްއިން އެ ޤައުމުގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަމަށް ނިމުމެއް ގެނެސްފައި ވަނީ ޑިސެންބަރު 8 ވަނަ ދުވަހުއެވެ.
އިންތިޤާލީ ސަރުކާރުން ވަނީ އެތައް އަހަރެއްގެ ހަނގުރާމައަށް ފަހު، ސޫރިޔާއަށް އުމްރާނީ ތަރައްޤީ ގެނައުމާއި އިޤްތިޞާދު އަލުން އާރާސްތުކުރުމަށް މެދުއިރުމަތީގެ މުއްސަނދި ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް ބުނެފައެވެ.
އެއާ އެކު، އާ ސަރުކާރުގެ އިސް ވަފްދަކާއެކު، ޝަޔިބާނީ ވަނީ ސަޢޫދީއަށް ދަތުރެއްކޮށް، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކޮށް، މަޝްވަރާކޮށްފައެވެ.
"އަޅުގަނޑުމެން އުއްމީދު މި ކުރަނީ، މި ދަތުރުތަކުގެ ސަބަބުން ސޫރިޔާގައި ހަމަޖެހުމާއި، ސަލާމަތާއި، އިޤްތިޞާދީ ކުރިއެރުމާއި، ބިނާކުރަނިވި ގުޅުންތަކެއް ޤާއިމުކުރަން އެހީތެރިވެދޭނެ ކަމަށް،" ތިން ޤައުމަށް ކުރާ ދަތުރުތައް އިޢުލާނުކުރުމަށްފަހު އޭނާ ބުންޏެވެ.